އައިޓީ ސާމާނު ވިއްކާ ލިންކް ސާވުން ފޭސްބުކްގައި ފެށި "ޓެގް އެންޑް ވިން" ޕްރޮމޯޝަން ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

ލިންކް ސާވް އިން ފުރަތަމަ އަށް ކަނޑައަޅާފައިވާ 2000 ރުފިޔާގެ ވަޔާލެސް ކެމެރާއަކާއި ރިސީވަރެއް ހިމެނޭ ޕެކޭޖުގެ ނަސީބުވެރިޔާ ހޮވާފައި ވަނީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އިނާމު ލިބިފައި ވަނީ 414 ވަނަ އަށް ޓެގް ކޮށްފައިވާ ފަރާތެވެ. އެގޮތުން އެ އިނާމު ލިބިފައި ވަނީ މަރިޔަމް ނާޝިދާ ޓެގް ކޮށްގެން "ޒައިކް ޒިޔާ އަޝް ނީ" (ފޭސްބުކް ނަން) [ޒައިދު އަލީ] އަށެވެ.

ލިންކް ސާވް އިން ބުނީ އެ އިނާމު ލިބޭ ފަރާތަށް ފޭސްބުކް މެދުވެރިކޮށް ނޮޓިފައި ކުރެވޭނެ ކަމަށެވެ.

އަންނަ ހަފްތާ އަށް ހަމަޖައްސާފައި ވަނީ 3،000 ރުފިޔާގެ އަގުހުރި އިންޓަނެޓް ކެމެރާއެކެވެ. އެ ކެމެރާއަކީ ވަޔާލެސްކޮށް ގުޅާލުމަށް ފަހު ފޯނުތަކުން ވީޑިއޯ ރިއަލްޓައިމްކޮށް ބެލޭނެ ގޮތް ހެދޭ ވިޑިއޯ ކެމެރާއެކެވެ.

ރޯދަ މަސް ފެށެންދެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ލިންކް ސާވުން ވިޔަފާރި ކުރެއްވުމަކާއި ނުލައި މުޅިން ހިލޭ އަގުބޮޑު އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް ލިންކްސާވްގެފޭސްބްކް ޕޭޖްއަށް ލައިކް ކޮށްލުމަށް ފަހު އެ ޕޭޖުގައި ކޮށްފައިވާ ގިފްޓް ޕޯސްޓަރުގެ ކޮމެންޓުގައި ރައްޓެއްސަކު ޓެގް ކޮށްލުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުގެ ރޭގެ މެންދަމު 00:00ގައި ފަށާ އެ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވާނީ ޖެހިގެން އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން ހިރިޔާ ސްކޫލު ކުރިމަތީގައި ހުންނަ ލިންކް ސާވްގެ މައި ފިހާރާގައި ގުރުއަތު ނެގުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:30 ގައި އޮންނާނެ ކަމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ލިންކް ސާވަކީ ރާއްޖޭގައި އައިޓީ ސާމާނާއި ޓެލެކޮމިޔުނިކޭޝަނާއި ގުޅޭ ސާމާނުގެ އިތުރުން ޓެކްނޮލޮޖީގެ އެހީގައި ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ ވަޞީލަތްތަކުގެ ވިޔަފާރި ކުރާ އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި ކުރަމުންނެވެ.