23 May 2015, 10:15
އީވޯ ސޮލިއުޝަންސްގެ ނަމުގައި އީވޯ އިން އޯކިޑް މަގު، މ. ކަނޑޫގަސްދޮށުގޭގައި މިދިޔަ ބުރާސްފަތި ދުވަހު އާ ފިހާރައެއް ހުޅުވައިފި އެވެ.
މިއީ އީވޯގެ ފިހާރަތަކަށް އިތުރުވި ތިންވަނަ ބޮޅެވެ. އީވޯގެ އެހެން ފިހާރަތަކެކޭ އެއްގޮތަށް މި ފިހާރައިން ވެސް ވިއްކަނީ ޔޫރަޕްގެ ކޮލިޓީ ބްރޭންޑްތަކެވެ.
އީވޯގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ރިޒްމާ ރަޝީދު ވިދާޅުވީ، އީވޯ ސޮލިއުޝަންސް އިން ގޭގެއަށް ބޭނުންވާ ގިނަ ސާމާނު ލިބޭނެ ކަމަށެވެ.
" ޔޫރަޕްގެ ހަމަ ޓޮޕް ރޭންކިން ޕްރޮޑަކްޓްސްތަކެއް އެކްސްކްލޫސިވްކޮށް އަޅުގަނޑުމެން މި ޑިސްޓްރިބިއުޓް ކުރަނީ،" ރިޒްމާ ވިދާޅުވި އެވެ.
"ގެއެއް ޒީނަތްތެރިކުރަން ބޭނުންވާ ސާމާނާއި ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް މިތާ ހުންނާނެ. ހޮޓަލަކަށް ނުވަތަ ރެސްޓޯރަންޓަކަށް ނުވަތަ ރިސޯޓަކަށް ބޭނުންވާ ސާމާނު ވެސް ލިބޭނެ ކަމަށް ރިޒްމާ."
އީވޯއިން ހުޅުވި އީވޯ ސޮލިއުޝަންސް ފިހާރައިގެ ތެރޭގައި ވިއްކަން ހުރި ބައެއް ތަކެތި ---- ސަން ފޮޓޯ/ އަލީ ނަސީރު
އޭނާ ވިދާޅުވީ، ފާޚާނާއަށް ބޭނުންވާ ސާމާނަށް ޚާއްސަ ބްރޭންޑްކަމަށް ސްވިޒަލޭންޑްގެ ލައުފެން ބްރޭންޑްގެ ސާމާނުތައް އެފިހާރައިން ލިބޭނެ ކަމަށެވެ.
"މިތަނުގަ ހުންނާނެ ބާތުރޫމް ފަރުނީޗަރާއި އައުޓްޑޯ ފަރުނީޗަރާއި އަދި ބަދިގެ އަށް ބޭނުންވާ ގިނަ ސާމާނު،" ރިޒްމާ ވިދާޅުވި އެވެ.
މި ފިހާރައިން ވިއްކާ ތަކެތީގެ ބްރޭންޑްތަކުގެ ތެރޭގައި އެމެރިކާގެ ބްރޭންޑެއް ކަމަށްވާ އޮނައިޑާ ހިމެނެއެވެ. މީގެ އިތުރުން ވެސް ޔޫރަޕްގެ މޮޅެތި ބްރޭންޑްތައް އެ ފިހާރަ އިން ލިބެން ހުރެއެވެ.
އެ ފިހާރައިން ލިބެން ހުންނަ ތަކެތީގެ އަގުތަކަކީ ވަރަށް 'ރީޒަނަބަލް' އަގުތަކެއް ކަމަށް ރިޒްމާ ވިދާޅުވި އެވެ. އަދި އެކި ބަޖެޓަށް ފިޓްކޮށްލެވޭނެ ތަކެތި އެބަހުރިކަމަށް ވެސް ރިޒްމާ ވިދާޅުވިއެވެ.
އީވޯއިން ހުޅުވި އީވޯ ސޮލިއުޝަންސް ފިހާރައިގެ ތެރޭގައި ވިއްކަން ހުރި ބައެއް ތަކެތި ---- ސަން ފޮޓޯ/ އަލީ ނަސީރު
" ވަރަށް އަގު ބޮޑުތަކެތި ވެސް އެބަހުރި ހަމައެއާއި އެކު މެދުމިނެއްގެ އަގުގެ ތަކެތި ވެސް އެބަހުރި" ރިޒްމާ ވިދާޅުވިއެވެ.
ފިހާރައިގައި ހުރި ތަކެތީގެ އިތުރުން އެ ފިހާރައިގެ ތަފާތު ބްރޭންޑްތަކުގެ ކެޓަލޮގް ބަހައްޓާފައި ހުންނާނެ ކަމަށާއި އެ ކެޓަލޮގް ބަލައިގެން ކަސްޓަމަރުންނަށް އޯޑަރު ދެވޭނެ ކަމަށް ވެސް އީވޯ ސޮލިއުޝަންސް ފިހާރައިން ބުންޏެވެ.
" ކަސްޓަމަރު ބޭނުންވާ ކުލައެއްގެ ބޭނުންވާ އަދަދެއްގެ މުދަލެއް ސީދާ އެ އުފައްދާ ކުންފުނިން ގެނެވޭނެ،" ރިޒްމާ ވިދާޅުވިއެވެ.
އީވޯއިން ހުޅުވި އީވޯ ސޮލިއުޝަންސް ފިހާރައިގެ ތެރޭގައި ވިއްކަން ހުރި ބައެއް ތަކެތި ---- ސަން ފޮޓޯ/ އަލީ ނަސީރު
އެ ފިހާރާއިގައި ހިދުމަތްދޭން ތިބޭ މުވައްޒަފުންނަށް ފުރިހަމަ ތަމްރީނާއި މައުލޫމާތު ދީފައިވާ ކަމަށް އީވޯން އިން ބުނެއެވެ. އަދި ކަސްޓަމަރުގެ ބޭނުންތަކާއި ބަޖެޓް ބުނުމުން ތަކެތި ގަތުމުގައި ކަސްޓަމަރުންނަށް މައުލޫމާތުދޭނެ ކަމަށް ވެސް އީވޯއިން ބުނެއެވެ.
އީވޯގެ ފުރަތަމަ ފިހާރަ ހުޅުވިތާ ދެ އަހަރާއި އެއް މަސްތެރޭ ވަނީ ދެ ފިހާރަ ހުޅުވާފައެވެ. އެއީ އޯވޯ ފްލޯރިން އާއި އީވޯ ސޮލިއުޝަންސް އެވެ.