އޭޝިއަން ސެންޓަރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ޕޫލް(ގުރޫޕް) ބީގައި ރާއްޖެއާއިއެކު ބަނގުލަދޭޝްއާއި ނޭޕާލްގެ އިތުރުން ކިރިގިސްތާން ލައްވައިލައިފިއެވެ.

ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި މިއަދު ހަވީރު ބޭއްވި ގުރުނެގުމުގައި ޕޫލް އޭގައި ހިމެނުނީ އަފުޣާނިސްތާނާއި، އުޒުބުކިސްތާންގެ އިތުރުން ތުރުކުމިނިސްތާންއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިމުބާރަތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ މުބާރާތް ބާއްވާ ޤައުމު ބަނގުލަދޭޝްއާއި ދެކޮޅަށެވެ.

ސަންއަށް މަޢުލޫމަތު ދެއްވަމުން ވޮލީބޯލް އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އަމަޒަކީ މުބާރާތުގެ ފައިނަލަށް ދިއުން ކަމަށެވެ.

މާދާމާއިން ފެށިގެން މިމަހު 28 ނިޔަލަށް މިމުބާރާތުގެ މެޗްތައް ކުޅޭ ގޮތަސް ވަނީ ހަމަޖެހިފައެވެ.