22 May 2015, 12:07
ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތަކާއި ބުއްފުޅިފަދަ ތަކެތި އެތެރެކުރާ ފަރާތްތަކުން ރަޖިސްޓުރީ ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެޗްޕީއޭ)އިން އަންގައިފިއެވެ.
އެޗްޕީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތަކާއި އެއް އަހަރާއި ތިން އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި މާބަނޑު އަންހެނުންނާއި ކިރުދޭ މައިންނަށް ހާއްސަ ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން ބުއްފުޅިއާއި ތުން މި އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ވިއްކުމަކީ މަނާކަމެއް ކަމަށެވެ.
އެހެންކަމަށް ވުމުން މިއަހަރުގެ އޮގްޓޫބަރުމަހުގެ އެކެއްގެ ކުރިން އެ ތަކެތި ރަޖިސްޓަރީކުރުމަށް އެފަދަ ތަކެތި އުފައްދާ، އެތެެރެކުރާ އަދި ވިއްކާ ފަރާތްތަކަށް އެއޮތޯރިއީއިން ވަނީ އަންގާފައެވެ.
ސަން އަށް އެނގިފައިވާގޮތުގައި އެފަދަ ތަކެތި ރަޖިސްޓުރީކޮށްގެން ނޫނީ އެތެރެކޮށް ނުވިއްކޭނެ ގޮތަށް ގަވައިދު ބަދަލު ގެނެސްފައިވަނީ ބައިނަލްއަގުވާމީ މުއާހަދާއަކުން އެކަމަށް ބާރު އަޅާތީއެވެ.