21 May 2015, 22:51
ޔުނިވާސަލް އެންޓަޕްރައިޒަސްގެ ފަރާތުން ނޭޕާލު ރިލީފް ފަންޑަށް 150،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
މޯލްޑިވިއަން ރެޑް ކްރެސެންޓުގެ ކޮމިއުނިކޭޝަންސް އެންޑް ރިސޯސް މޯބަލައިޒޭޝަން މެނޭޖަރު ސަފާ މުސްތަފާ މިރޭ "ސަން" އަށް ވިދާޅުވީ، އެ ފައިސާ ޔުނިވާސަލްގެ ފަރާތުން ނޭޕާލް ރިލީފު ފަންޑާ ހަވާލުކުރައްވާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
ޔުނިވާސަލްގެ އިތުރުން ވެސް ގިނަ އަދަދެއްގެ ކުންފުނިތަކާއި އާންމު ބައެއް ފަރާތްތަކުން ވެސް ނޭޕާލް ރިލީފް ފަންޑަށް އެހީތެރިވަމުގެ ގޮތުން ފައިސާ ހަދިޔާކުރަމުން އަންނަ ކަމަށް ސަފާ ވިދާޅުވި އެވެ.
"ފުލުހުންގެ ފަރާތުން 13،000 ޑޮލަރު އައިޖީއެމްއެޗްގެ ފަރާތުން 10،000 ޑޮލަރު ވަނީ ހަދިޔާކޮށްފައި. އަދި އެލައިޑުގެ ފަރާތުން 5000 ޑޮލަރު ހަދިޔާ ކުރައްވާނެ ކަމުގެ ޔަގީންކަން އެބޭފުޅުން ވަނީ ދެއްވާފައި. ނަލަހިޔާގެ ފަރާތުން ވެސް ވަނީ 50،000 ރުފިޔާ މި ފަންޑަށް ހަދިޔާ ކުރައްވާފައި،" ސަފާ ވިދާޅުވި އެވެ.
މިފަންޑަށް ޖޭސީއައި މޯލްޑިވްސްގެ ފަރާތުން ވެސް 35،000 ރުފިޔާ ހަދިޔާކޮށްފައި ވެއެވެ.

ނޭޕާލް ރިލީފް ފަންޑަށް ފައިސާ ހަދިޔާކުރެއްވުމަށް ހުޅުވާފައިވާ ބޭންކް އެކައުންޓްގެ ތަފްސީލާއި، އެސްއެންއެސް މެދުވެރިކޮށް ފަންޑަށް ފައިސާ ޖަމާކުރާނޭގޮތް --
މި ފަންޑަށް އިތުރަށް ފައިސާ ހޯދުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން އަންނަ ހޮނިހިރު ދުވަހު ވަނީ "ނޭޕާލާއެކު އެންމެން" މިނަމުގައި ޓެލެތޯނެއް ބޭއްވުމަށް ނިންމައިފައެވެ.