ސްރީލަންކާ ސަރުކާރުގެ ވަޒީރަކާއި ތިން ސްޓޭޓް މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވި ވަޒީރުންނަކީ، ސްރީލަންކާ ފްރީޑަމް ޕާޓީ( އެސްއެލްއެފްޕީ) އަށް ނިސްބަތްވާ ހަތަރު ބޭފުޅުންނެވެ.

މިއަދު އިސްތިއުފާ ދެއްވީ ސްޓޭޓް މިނިސްޓަރު ހައުސިން، ދިލާން ޕެރޭރާ އާއި ސްޓޭޓް މިނިސްޓަރު އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ޑިމޮކްރަޓިކް ގަވަނަންސް ސީބީ ރަތަނައިކަ އާއި މިނިސްޓަރު އޮފް ޕާލަމެންޓްރީ އެފެއަޒް މަހިންދާ ޔާޕާ އަބޭވަރުދަނަޔާ އާއި ސްޓޭޓް މިނިސްޓަރު އޮފް އެންވަޔަރަންމެންޓް ޕަވިތަރާ ވަނަންރާޗި އެވެ.

އެ ބޭފުޅުން ސަރުކާރުން އިސްތިއުފާ ދެއްވީ ކޯލިޝަން ސަރުކާރުގެ ކޮންޓްރޯލް ޔުނައިޓެޑް ނޭޝަނަލް ޕާޓީ( ޔޫއެންޕީ) ނަގާފައިވާ ކަމަށް ބުނެ އެވެ.

މައުލޫމާތު: ކަލަމްބޯ ގެޒެޓް