ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިނގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެލްޖީއޭގެ ބޯޑަށް އާއްމުންގެ ތެރެއިން މެމްބަރަކު ކަނޑައެޅުމަށް ޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އެއް ވަނަ ދުވަހު 3:00ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އެ މަގާމު ހުސްވެފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ސުޖާއު ހުސައިންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގައި ނެގުމާ ގުޅިގެންނެވެ.