އަލްގައިދާއިން ކުރަމުން ގެންދާ ހަނގުރާމަ އަމާޒު ކުރަންވީ އަބަދުވެސް އެމެރިކާއާ ދެކޮޅަށް ކަމަށް އަލްގައިދާއާއި އޭނާ އަށް ތާއިދު ކުރާ ފަރާތްތަކަށް އެ ޖަމާޢަތުގެ ކުރީގެ ލިޑަރު އުސާމާ ބިން ލާދީން ވަރަށް ބޮޑަށް ބާރުއަޅައި އަންގާފައިވާ ކަމަށް ޕާކިސްތާންގައި ބިންލާދީން ހުރި ގެއިން ފެނުނު ލިޔެކިޔުންތަކުން ހާމަ ވެއްޖެ އެވެ.

ބިންލާދީން 2011 ވަނަ އަހަރު އެގެއެއްގައި ހުރި ކަމަށް ބުނާ ގެއިން ފެނުނު ލިޔުންތަކެއް ކަމަށް ބުނެ އިއްޔެ އެމެރިކާ އިން ޢާންމު ކުރި ލިޔެކިޔުންތަކުގައި ބިން ލާދީން ބުނެފައި ވަނީ ހަނގުރާމަ އަމާޒު ކުރަންވީ ހަމައެކަނި އެމެރިކާއާ ދެކޮޅަށް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ބަރުއަޅާ ކަމަށެވެ.

އުސާމާގެ ގެއިން ފެނުނީ 103 ސިޓީ އާއި ވީޑިއޯތަކާއި ބައެއް ރިޕޯޓްތައް ކަމަށް އެމެރިކާ އިން ބުނެ އެވެ. އޭގެ ތެރެއިން އެއް ވީޑިއޯގައި ބިން ލާދީން އޭނަގެ އެއް އަންބަކަށް އަންގާފައި ވަނީ އޭނާ މަރުވެއްޖެ ނަމަ އެހެން މީހަކާ ކައިވެނި ކުރުމަށާއި އަދި ސުވަރުގޭގައި އޭނާ ގަތުގައި ހުރުމަށް އެދޭ ކަމަށެވެ.

އަދި އެ ދެ މީހުންގެ ފިރިހެން ދަރިފުޅު ހަނގުރާމައަށް ފޮނުވުމަށް ވެސް ބިން ލާދީން ވަނި ވީޑިއޯގައި އޭނަގެ އަންހެނުންނަށް ބާރުއަޅާފަ އެވެ. އަލްގާއިދާ އިން ހިންގާ އޮޕޮރޭޝަންގައި ބައިވެރިވާ މީހުންނަށް ބިން ލާދީން ފޮނުވި ސީޓީގައި ﷲގެ އިސްމަފުޅުން ފަށައިގަތުމަށް ފަހު ލިޔެފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނެފައި ވަނީ "އެމެރިކާ މީހުން މަރާ. ޔޫރަޕް މީހުން މަރާ، ޔަހޫދީން މަރާ" މިހެން ކަމަށެވެ.

އުސާމާ ޕބިން ލާދީން ޕާކިސްތާންގައި ހުރި ކަމަށް ބުނާ ގެއިން ފެނުނުކަމަށް ބުނާ ލިޔުންތަކުގެ އިނގިރޭސި ތަރުޖަމާ --- ފޮޓޯ/ އޭޕީ

އުތުރު އެފްރިކާ ސަރަހައްދުގައި ޙަރަކާތްތެރިވާ އަލްގައިދާ ނެޓްވޯކްގެ މެންބަރުންނަށް ބިން ލާދީން އަންގާފައި ވަނީ އެމެރިކާގެ މަރުކަޒުތަކަށް ވަކިން ޚާއްސަ ސަމާލުކަމެއް ދިނުމަށާއި އެހެން ފަރާތްތަކަށް ހަމަލާ ދިނުމުގެ ބަދަލުގައި އެމެރިކާގެ އަސްކަރިއްޔާގެ މުހިންމު ތަންތަނަށް ހަމާލާ ދިނުމަށެވެ.

"ގަހެއްގެ މޫތައް އުފުރިގެންދާހެން ކަލޭމެންގެ ސަމާލުކަން ދޭން ޖެހޭ އެމެރިކާގެ އަސްކަރީ މުހިންމު ތަންތަނަށް އެމީހުންގެ ބޯތަކާއި ހަށިތަކަށް." ބިން ލަދީން ލިޔެފައިވާކަމަށް އޭޕީ އިން ބުނެ އެވެ.

ބިންލާދީން މަރުވުމުގެ އެއް މަސްކުރިން 2011 ވަނަ އަހަރުގެ އޭޕްރީލް މަހު އަލްގައިދާގެ މުހިންމު މެންބަރަކު ފޮނުވާފައިވާ ސީޓީއެއްގައި އީރާންގައި ހުރި ބިން ލާދީންގެ ދަރިފުޅު ހަމްޒާ ވަގަށް ޕާކިސްތާނަށް އެތެރެކުރުމަށް މަސައްކަތްކޮށްފައިވާކަން ހާމަވެ އެވެ. ނަމަވެސް ކުރިމަތިވި އެހެން ގޮންޖެހުންތާކާ ހެދި އެކަން ނާކަމިޔާބު ވެފައިވާ ކަމަށް މަޙްމޫދު ކިޔާ އަލްގައިދާގެ މުހިންމު މެންބަރަކު ބިންލާދީންއަށް ލިޔެފައިވާ ސީޓީއެއްގައި ބުނެފައިވެ އެވެ.

ބިން ލާދީންއަށް އިރާގުގައި ހަރަކާތްތެރިވާ 'ޖިހާދު އެންޑް ރިފޯމް ފޮރޮންޓް' ކިޔާ ޖަމާޢަތަކުން 2007 ވަނަ އަހަރު ފޮނުވި އިންޒާރުގެ ސިޓީއެއްގައި ބުނެފައިވާކަމަށް އޭޕީ އިން ބުނެފައި ވަނީ އެ އަހަރަކީ އިރާޤުގައި އަލްގައިދާއަށް ޙަރަކާތްތައް ހިންގޭނެ އެންމެ ފަހު އަހަރު ކަމަށާއި އެއަށް ފަހު އެޖަމާޢަތުން އިސްވެ ޙަރަކާތްތައް ހިންގާނެ ކަމަށެވެ. އަދި އެހަރަކާތްތަކުގައި އަލަގައިދާގެ ބައެއް މެންބަރުން ވެސް ބޭނުން ކުރަން ޖެހިދާނެ ކަމަށެވެ.

އެޖަމާޢަތަކީ މިހާރު އިރާގާއި ސީރިއާ އިން ބައެއްގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތްކަމަށް ބެލޭވޭ ކަމަށް އޭޕީއިން ވަނީ ރިޕޯޓްކޮށްފަ އެވެ.