އަށްވަނަ ފަހަރަށް ވައްކަމުގެ ކުށް ޝަރީއަތަށް ސާބިތުވި މީހަކު 11 އަހަރާއި އެއްމަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

މއ. ގްރީންވީލް އަހްމަދު އިލްހާޒު ރަޝީދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއަކުން ވައްކަންކޮށްފައިވާތީ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ހ. ފީރޯޒުހިޔާ ތިންވަނަ ފަންގިފިލާއަށް ވަދެ އެގޭގެ ކޮޓަރިއެއްގެ ތެރޭގައި އޮތް އަތްގަބަހެއްގެ ތެރެއިން 31،008 ރުފިޔާ ވަގަށް ނެގި މައްސަލައާ ގުޅިގެންނެވެ.

އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ކުރި ދައުވާ އަށް އިއުތިރާފުވެފައެވެ.