21 May 2015, 10:33
ކޮޕާ އިޓާލިއާ ނުވަތަ އިޓާލިއަން ކަޕްގެ ފައިނަލްގައި 2-1 ގެ ނަތީޖާއަކުން ލާޒިއޯ ބަލިކޮށް 20 އަހަރު ފަހުން ޔުވެންޓަސް އެމުބާރާތް ކާމިޔާބުކޮށްފި އެވެ.
ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ލޯޒިއޯއިންނެވެ.

ރޭ ކުޅުނު އިޓާލިއަން ކަޕް ފައިނަލް މެޗްގެ ތެރެއިން: މިމެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޔުވެންޓަސް ވަނީ 10 ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި --- ފޮޓޯ/ އޭޕީ
ފުރަތަމަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި ލާޒިއޯގެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ފުރީ ކިކް ޔުވެންޓަސްގެ ޕެނަލްޓީ އޭރިއާއަށް ހުރަސް ކުރުމުން ލާޒިއޯގެ ކެޕްޓަން ރުމޭނިއާގެ ޑިފެންޑަރު ސްޓެފަން ރަޑޫއެވެ.
ލާޒިއޯއިން ލަނޑު ކާމިޔާބު ކުރިތާ ހަ މިނެޓްފަހުން ޔުވެންޓަސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އެޓީމްގެ ޑިފެންޑަރު ޖޯޖިއޯ ކިއަލިނީއެވެ.

ރޭ ކުޅުނު އިޓާލިއަން ކަޕް ފައިނަލް މެޗްގެ ތެރެއިން: މިމެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޔުވެންޓަސް ވަނީ 10 ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި --- ފޮޓޯ/ އޭޕީ
މެޗްގެ ފުރިހަމަވަގުތު ހަމަވިއިރުވެސް ދެ ޓީމް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފްގެ ތެރެއިން ޔުވެންޓަސް މެޗުން މޮޅުވި ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފްގެ ހަތަރު ވަނަ މިނެޓްގައި އެލްސެންޑްރޯ މަޓްރީއެވެ.
މިއަހަރުގެ އިޓާލިއަން ކަޕް ޔުވެންޓަސް ކަމިޔާބު ކުރުމުން މިއީ އެޓީމުން މިގަރުނުގައި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
އަދި އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކޮށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް ވެސް ޔުވެންޓަސް ވަނީ ވެފައެވެ. މިހާތަށް އެޓީމުން ވަނީ 10 ފަހަރު މިމުބާރާތް ކަމިޔާބުކޮށްފައެވެ.

ރޭ ކުޅުނު އިޓާލިއަން ކަޕް ފައިނަލް މެޗްގައި 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރުމަށްފަހު ޔުވެންޓަސް އިން އުފާފާޅު ކުރަނީ --- ފޮޓޯ/ އޭޕީ
އެޓީމްގެ ފަހަތުން ދެ ވަނައިގައި އުޅެނީ އޭއެސް ރޯމާއެވެ. އެޓީމުން ވަނީ ނުވަ ފަހަރު މިމުބާރާތް ކަމިޔާބުކޮށްފައެވެ.