20 May 2015, 21:51
އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ ކަސްޓަމަރުންގެ ސްމާޓްފޯނުތަކުން ހިދުމަތްތައް ކޮންމެ ތާކުން ކޮންމެ ވަގުތެއްގައި ހޯދުމުގެ ގާބިލްކަން ލިބިގެންވާ "މައި އުރީދޫ" މޮބައިލް އެޕް ތައާރަފުކޮށްފި އެވެ.
މައި އުރީދޫ މެދުވެރިކޮށް އޮންލައިންކޮށް ރީޗާޖް ނުވަތަ ރާސްޓަސް ކުރެވޭނެ އެވެ. އަދި އޮންލައިންކޮށް ބިލުގެ އަދަދު ބަލައި ބިލަށް ފައިސާދެއްކޭނެ އެވެ. އޭގެ އިތުރުން އުރީދޫގެ ޑޭޓާ ޕެކޭޖުތައް އެކްޓިވޭޓްކޮށް ބޭނުންކުރެވޭ މިންވަރު ބަލައިލެވޭނެ އެވެ. އަދި ހިލޭ ގުޅޭ ނަންބަރުތައް ސެޓްކުރުމާއި ރީތި ޓިއުންފަދަ ހިދުމަތްތައް އެކްޓިވޭޓް ކުރެވޭ އިރު ފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު ލިބޭނެ އެވެ.

މައި އުރީދޫ މޮބައިލް އެޕް ލޯންޗްކުރުމަށް މިރޭ ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭގެ އިތުރުން އުރީދޫ އިން ވަނީ އެ އެޕްލިކޭޝަން ތައާރަފުކުރުމާ އެކު އެ އެޕްލިކޭޝަން ބޭނުންކޮށްގެން ހޯދާ ހިދުމަތްތަކާ އެކު ކަސްޓަމަރުންނަށް ގިނަ އިނާޔަތްތަކެއް ލިބޭނެގޮތް ވެސް ހަދައިދީފައެވެ.
އެގޮތުން 50 ރުފިޔާ ރާސްޓަސް ކުރުމުން 10 ޕަސެންޓު އިތުރަށް ކްރެޑިޓް ލިބުމާއި އެޕް މެދުވެރިކޮށް ޕޯސްޓްޕެއިޑް ބިލު ދެއްކުމުން 10 ޕަސެންޓުގެ އިތުރު ޓޯކްޓައިމް ލިބޭނެ އެވެ. އޭގެ އިތުރުން އެޕް މެދުވެރިކޮށް ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކުރުމުން 10 ޕަސެންޓާ ހަމައަށް ހިލޭ ބޯނަސް ޑޭޓާ ލިބޭނެ އެވެ.
އާޓް ގެލަރީގައި އޮތް ރަސްމިއްޔާތުގައި އެޕްލިކޭޝަން ލޯންޗްކޮށް ދެއްވުމަށްފަހު އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އުރީދޫގެ ހިދުމަތްތައް މިހާރު ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ވެސް ލިބިގަނެވޭނެ ކަމަށާއި އެޕް އުފައްދާފައި ވަނީ ކަސްޓަމަރުން ބޭނުންވާ ކަންތައްތައް ބަލައި ފަސޭހަ ތަޖުރިބާއަކާ އެކު ރަނގަޅު ބަދަލެއް ގެނެސްދޭނެގޮތަށް ކަމަށެވެ.

މައި އުރީދޫ މޮބައިލް އެޕް ލޯންޗްކުރުމަށް މިރޭ އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިއަދު ކަސްޓަމަރުން ބޭނުންވަނީ ވަގުތުން ވަގުތަށް ބިލް ދައްކާލަން. ރިއަލްޓައިމް ޑޭޓާ ބޭނުންކުރެވޭ މިންވަރު ބަލަން. އިތުރު ހިދުމަތްތައް ބޭނުންވާ ކޮންމެ ވަގުތެއްގައި އެކްޓިވޭޓް ކޮށްލަން. އަދި ބޭނުންވާ ވަގުތެއްގައި ރާސްޓަސް ކޮށްލަން. މިހާރު ކިއުއެއްގައި މަޑުކުރުމުގެ ބަދަލުގައި ކަސްޓަމަރުންނަށް މި ހުރިހާ ކަމެއް މައި އުރީދޫ އެޕް މެދުވެރިކޮށް ކުރެވޭނެ،" ވިކްރަމް ސިންހަ ވިދާޅުވި އެވެ.
އެ އެޕް ޑައުންލޯޑް ކުރެވޭނީhttp://my.ooredoo.mvމެދުވެރިކޮށެވެ. އަދި ބޭނުންކުރާ ސްމާޓް ފޯނުގެ އެޕް ސްޓޯރު މެދުވެރިކޮށް "މައި އުރީދޫ އެޕް ބައި އުރީދޫ މޯލްޑިވްސް" ހޯދައިގެން ޑައުންލޯޑް ކުރަންވީ އެވެ.
މިއީ ރާއްޖޭގައި ފުރަތަމަ ތައާރަފުކުރި ސެލްފްކެއާ އެޕްލިކޭޝަނެވެ.