އަންނަ ސީޒަންގައި ކަސިއަސްއަށް ރެއާލް މެޑްރިޑްގެ ޓީމްގައި ހުރެވޭނެ ކަމަށް އެޓީމުން އޭނާ ގަތު ބުނެފި ކަމަށް މެޑްރިޑްގައި ނެރޭ ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫސް މާސާއިން ބުނެފިއެވެ.

މާސާއިން ބުނެފައިވަނި ރެއާލްގެ ކެޕްޓަންކަން ވެސް ކުރަމުންދާ ކަސިއަސް އިއްޔެ ރެއާލްގެ ޑިރެކްޓަރު ޖެނަރަލް ޖޯޒް އޭންޖަލް ސަންޗޭޒްއާއި ބައްދަލުކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ސަންޗޭޒް ބުނެފައިވާ ކަމަށް މަސާއިން ބުނެފައިވަނީ ކަސިއަސް ބޭނުންވެއްޖެނަމަ ޓީމްގައި ހުރެވޭނެކަމަށާއި އަންނަ ސީޒަންގައި ރެއާލްއިން ޓީމް އެކުލަވައިލާނީ ކަސިއަސް ހިމަނައިގެން ކަމަށެވެ.

"ކަސިއަސް ބޭނުން ވެއްޖެނަމަ ރެއާލް މެޑްރިޑްގައި ދެމި ހުރެވޭނެ. އަންނަ ސީޒަނަށް ރެއާލްގެ ސްކޮޑް އެކުލަވާލާއިރު ޓީމް ކުޅުންތެރިން ގުނާނީ ކަސިއަސް ހިމަނައިގެން،" ސަންޗޭޒް ކަސިއަސް ގާތު ވިދާޅުވިކަމަށް މާސާއިން ބުނެއެވެ.

ނަމަވެސް ކަސިއަސްވެސް އަދި ރެއާލް މެޑްރިޑްގެ އެއްވެސް އޮފިޝަލަކުވެސް މިހާތަނަށް މިބައްދަލުވުމާ ބެހޭ ގޮތުން މީޑިއާގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރެއާލް މެޑްރިޑުން ކަސިއަސްގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓޭޑްގެ ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގެންނަ ވާހަކަވެސް ވަނީ ދެކެވިފައެވެ.

އެގޮތުން ޑެހެއާގެ ޓްރާންސްފާގެ އަގެއްގެ ގޮތުގައި 30 މިލިއަން ޕައުންޑާއި އަދި ރެއާލްގެ ވާތު ބެކް ޕޯޗްގަލްގެ ފަބިއޯ ކޮއެންޓްރާއޯ ޔުނައިޓެޑަށް ދުކޮށްލުމަށް ރެއާލުން ތައްޔާރު ވަމުންދާކަމަށްވެސް ސްޕެއިންގެ ދުވަހު ނޫސް މަސާއިން ބުނެއެވެ.

މެންޗެސްޓާ ޔުނައިޓަޑްގެ ސްޕެއިންގެ ގޯލް ކީޕަރު ޑޭވިޑް ޑެހެއާ: އޭނާ ރެއާލްއަށް ބަދަލުވާން އުޅޭ ވާހަކަތައް ވަނީ ދެކެވިފައި --- ފޮޓޯ/ މެޓްރޯ ޔޫކޭ

ޑެހެއާ މެންޔުނަޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް މުއައްދަތު ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ.

އޭގެ ކުރިން ޑެހެއާ ގެންދަން ބޭނުންވާނަމަ އެންމެ ކުޑަ އަގަކަށްވެސް ޔުނައިޓަޑުން ޑެހެއާ ދޫކޮށްލާނީ 40 މިލިއަން ޕައުންޑަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.