ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުއްނެވި އާތިފާ ޝުކޫރު ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ބަދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ރައީސް ޔާމީން މިއަދު އާތިފާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން 'ސަން' އިން ސުވާލު ކުރުމުން އާތިފާ ވިދާޅުވީ މީޑިއާއާ ވާހަކަ ދައްކަން ބޭނުންފުޅު ނުވާ ކަމަށެވެ.

ރައީސް ޔާމީން މިއަދު ވަނީ އިތުރު ދެ މަގާމަކަށްވެސް ބަދަލުގެންނަވާފަ އެވެ. އެގޮތުން ޔޫތު މިނިސްޓަރު ކަމުގެ މަގާމުން މުހައްމަދު މަލީހު ޖަމާލް ވަކިކުރައްވައި އެމަގާމަށް ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހްމަދު ޒުހޫރު އައްޔަން ކުރައްވާފައެވެ.

ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ރައީސް ޔާމީން މިއަދު އައްޔަން ކުރެއްވީ އިރުތިޝާމް އާދަމެވެ.