މައިލޯ އަންހެން ޑިވިޜަން ފުޓްބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗްގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާ މި މުބަރާތުގެ އެންމެ ފުރަތަމަ ޗެމްޕިއަންކަން ހޯދި ސަން ހޮޓެލްސް އެންޑް ރިޒޯޓް ބައްދަލުކުރަން ޖެހިއްޖެއެވެ.

މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި މި މުބާރަތުގެ ގުރު ނެގުމުގައި ނިއުއާ ސަން ބައްދަލު ކުރަން ޖެހުނުއިރު ދެ ވަނަ މެޗްގައި ބައްދަލު ކުރަން ޖެހޭނީ ހަންދުންމައްޗަށް ނިސްބަތްވާ ލާމް ސްޓާ އާއި ދިވެހި ސިފައިންގެ ކުލަބެވެ.

މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ގުރުނެގު ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޙުސައިން ހަބީބު އޯޒޯން

ހަތަރު ޓީމް ބައިވެރިވެފައިވާ މި މުބާރާތް ވަނީ ދެ ބުރަކަށް ކުޅެން ހަމަޖެހިފަ އެވެ. ކޮންމެ ބުރެއްގައިވެސް ކޮންމެ ޓީމެއް ވެސް އަނެއްޓީމާ އެއްފަހަރު ކުޅެގެން ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ލިބޭ ދެޓީމެކެވެ.

މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ގުރުނެގު ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޙުސައިން ހަބީބު އޯޒޯން

މިމަހު 24 ން އަންނަ މަހު ހަ ވަނަ ދުވާހައި ހަމަޔަށް ކުޅެން ހަމަޖެހިފަވާ މުބާރަތުގެ ފައިނަލް މެޗް ފިޔަވައި ދެން ހުރި މެޗްތައް ކުޅެން ހަނަޖެހިފައިވަނީ ކުޅިވަރު އެކުވެނީގައި އޮންނަ މައިލޯ ޓާފް ދަނޑުގައެވެ.

ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ ޤައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.

މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ގުރުނެގު ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޙުސައިން ހަބީބު އޯޒޯން