19 May 2015, 23:39
މިމަހުގެ އެއްވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނުވަ މީހެއްގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ނުވަ މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައި ވަނީ މިދިޔަ ހަފްތާ އާއި މިހަފްތާގެ ތެރޭގައި ތަފާތު އެކި ދުވަސްމަތިން ކަމަށެވެ.
ފުލުސް މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ފުލުހުން ވަނީ 14 މީހަކު ހައްޔަރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ހޯދަން އިއުލާންކުރި އިތުރު ބަޔަކު އަދި ހައްޔަރުކުރެވިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މޭޑޭ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވީނަމަވެސް ފުލުސް މީހާއަށް ހަމަލާދިން މައްސަލައިގެ ތަހުގީގު އަދި ނިމިފައެއް ނުވެއެވެ.