މި އަހަރު ރޯދަ މަހުގެ ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އަންނަ ޖޫން މަހު 18 ވަނަ ދުވަހު ފެއްޓޭނެ ކަމަށް ކަނޑައަޅާފައިވާ ރޯދަ މަހުގެ ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 ން މެންދުރު ފަހު 2:00 އަށް ކަމަށެވެ.
އަދި މި އަހަރުގެ ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ވެސް ހެނދުނު 10:00 ން މެންދުރު ފަހު 2:00 އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.