19 May 2015, 12:53
އޮޅުވެލިން: އަހުމަދު ޝަރުވާން
އެ ހަރަކާތަކީ ސަން ޓްރެވެލްސް އެންޑް ޓްވާސްއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައިި އެ ކުންފުނިން އިސްނަަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުންް މިއަދު އެ ރިސޯޓުން 100 އަށްވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އޮޅުވެލި ރިސޯޓުގެ އެޗްއާރު މެނޭޖަރު މުހައްމަދު ނަސީރު (އަލިބެ) "ސަން" އަށް ވިދާޅުވީ އެ ހަރަކާތަކީ ސަން ޓްރެވެލްސް އެންޑް ޓްވާސްއަށް 25 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި ތެލެސީމިއާ ކުދިންނަށް އެހީއެއް ވުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.
އެގޮތުން އިޖުތިމާއީ ކަންކަމަށް އެ ގްރޫޕުން އަބަދުވެސް އިސްކަންދޭ ކަމަށާއި ކުރިއަަށް އޮތް ތާނގައި ވެސް ލޭ ހަދިޔާކުރުން ފަދަ ޕްރޮގްރާމްތައް އެ ގްރޫޕުން ހިންގާނެ ކަމަށް އަލިބެ ވިދާޅުވި އެވެ.

އޭގެ އިތުރުން އެފަދަ އިޖުތިމާއީ ކަންކަމުގައި ސަން ގްރޫޕުގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ދެއްވާ އެހީތެރިކަމަށް އޮޅުވެލި ޓީމުގެ ނަމުގައި އަލިބެ ޝުކުރު އަދާކުރެއްވި އެވެ.
މިއަދުގެ ހަރަކާތް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ބްލަޑް ސާވިސްގެ ޓީީމެއް އަންނަނީ އޮޅުވެލި ރިސޯޓުގައި ހަރަކާތްތެރިވަމުންނެވެ.
ސަން ސިޔާމް ގްރޫޕުގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު ވެސް ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާކޮށްފަ އެވެ. އަދި މި މަހު 26 ވަނަ ދުވަހު ސަން ސިޔާމް ގްރޫޕުގެ އިރުފުށި ރިސޯޓުގެ މުއައްޒަފުން ވެސް ލޭ ހަދިޔާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އޮޅުވެލި ބީޗް އެންޑް ސްޕާގެ މުވައްޒަފުން ލޭ ހަދިޔާ ކުރަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން