19 May 2015, 11:27
އައިޓީ ސާމާނު ވިއްކާ ލިންކް ސާވުން އަގު ބޮޑު އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފޭސްބުކްގައި ފަށައިފި އެވެ.
ރޯދަ މަސް ފެށެންދެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ލިންކް ސާވުން ވިޔަފާރި ކުރެއްވުމަކާއި ނުލާ މުޅިން ހިލޭ އަގުބޮޑު އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް ލިންކްސާވްގެފޭސްބްކް ޕޭޖްއަށް ލައިކް ކޮށްލުމަށްފަހު އެ ޕޭޖުގައި ކޮށްފައިވާ ގިފްޓް ޕޯސްޓަރުގެ ކޮމެންޓުގައި ރައްޓެއްސަކު ޓެގް ކޮށްލުމުން ޕްރޮމޯޝަނުގައި ބައިވެރިވެ އެވެ.

ޕުރޮމޯޝަންގެ ޕޯސްޓަރެއް--
ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުގެ ރޭގެ މެންދަމު 00:00 ގައި ފަށާ އެ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވާނީ ޖެހިގެން އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން ހިރިޔާ ސްކޫލު ކުރިމަތީގައި ހުންނަ ލިންކް ސާވްގެ މައި ފިހާރައިގައި ގުރުއަތު ނެގުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:30 ގައި އޮންނާނެ ކަމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ފުރަތަމަ ހަފްތާގައި ދިނުމަށް ކަނޑައަޅާފައި ވަނީ ދެހާސް ރުފިޔާގެ އަގުހުރި ވަޔާލެސް ކެމެރާ އަކާއި ރިސީވަރެއް ހިމެނޭ ޕެކޭޖެކެވެ.
ލިންކް ސާވަކީ ރާއްޖޭގައި އައިޓީ ސާމާނާއި ޓެލެކޮމިޔުނިކޭޝަނާއި ގުޅޭ ސާމާނުގެ އިތުރުން ޓެކްނޮލޮޖީގެ އެހީގައި ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ ވަޞީލަތްތަކުގެ ވިޔަފާރި ކުރާ އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި ކުރަމުންނެވެ.