19 May 2015, 10:34
މަގާމުން ދުރުކޮށްފައިވާ ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ސިނަވަތުރާގެ ޝަރީއަތް ތައިލޭންޑްގެ ވެރިރަށް ބޭންކޮކްގައި މިއަދު ފަށައިފި އެވެ.
އެކަމަނާގެ މައްޗަށް ދައުވާ ކުރަނީ އެތައް ބިލިއަން ޑޮލަރެއްގެ ހަނޑުލުން ސަބްސިޑީދިން މައްސަލައެއްގައި އެ ކަމަނާގެ އިހްމާލު އޮތް ކަމުގެ މައްޗަށެވެ.
ޔިންގްލަކް ސަޕޯޓަރުން ބުނަނީ އެއީ އެއީ ތައިލޭންޑްގައި ވެރިކަން ކުރާ މިލިޓަރީގެ ފަރާތުން ވެރިކަމުގެ ބާރުތައް އަތްދަށު ލުމަށް ހިންގާ ނުހައްގު ޝަރީއަތެއް ކަމަށެވެ.
ޔިންގްލަކް އެކަމަނާގެ މައްޗަށް ކުރާ ދައުވާ އަށް އިންކާރު ކުރެ އެވެ. ނަމަވެސް އެ ޝަރީއަތް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޔިންގްލަކް ވިދާޅުވީ އެ ކަމަނާގެ ސިޔާސީ އަދުއްވުން އޭނާގެ މައްޗަށް ދައުވާކުރަނީ "ވިޗް ހަންޓް" ކުރާ އުސޫލުން އެކަމަނާގެ އާއިލާ އަށް ވެރިކަމާ ހަމައަށް އަޔަ ނުދިނުމަށް ހިންގާ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ކަމަށެވެ.
"އަހަރެން މިއައީ ވަރަށް ރަނގަޅަށް މައްސަލަ އަށް ދިފާއުވުމަށް ތައްޔާރުވެގެން،" ބޭންކޮކް ސުޕްރީމް ކޯޓު ކުރިމަތީގައި ނޫސްވެރިންނާ ބައްދަލު ކުރަރައްވައި ޔިންގްލަކް ވިދާޅުވި އެވެ. "އަހަރެން އުންމީދު ކުރަން އަހަންނަށް އިންސާފު ލިބޭނެ ކަމަށް."
މީގެ އެއް އަހަރު ކުރިން، 2014 ވަނަ އަހަރު އޭނާ ވަނީ މަގާމުން ދުރުކޮށްފަ އެވެ. އޭނާ މަގާމުން ދުރު ކުރީ ވެރިކަމުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ކޮންސިޓިއުޝަނަލްކޯޓުންނެވެ. އަދި އޭގެ ހަފްތާއެއްގެ ފަހުން ބަޣާވާތެއް ގެނެސް، މިލިޓަރީގެ ފަރާތުން ވަނީ ޔިންގްލަކްގެ މީހުން މަގާމުތަކުން ދުރުކޮށް ވެރިކަމުގެ ބާރުތައް އަތްދަށުލައިފަ އެވެ.
ޭޔިންގްލަކްގެ މައްޗަށް އުފުލާފައިވާ މައްސަލައަކީ އޭނާގެ ބޭބެ ތަކްސިން ސިނަވަތުރާ ވެސް މީގެ 10 ވަރަކަށް އަހަރު ކުރިން މަގާމުން ދުރުކޮށް ހިންގި ފަދަ ހަރަކާތެކެވެ.
ސޯލްގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ތަކްސީން ވިދާޅުވީ އޭނާގެ "ރެޑް ޝާޓް" ސަޕޯޓަރުން އެއްކުރައްވަން ނުވިސްނަވާ ކަމަށެވެ. އެކަމަކު ޖުންޓާގެ ސަރުކާރަށް އެއް އަހަރުވީ އިރު އުފާ ކުރާނެ ކަންތަތަކެއް ނުފެންނަ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ޑިމޮކްރަސީ، އަވަހަށް ނޫނީ ފަހުން ނަމަވެސް އަންނާނެހެން. އަހަރުން ޖެހޭނީ މަޑުމައިތިރި ކަމާއި އަދި ކެތްތެރިކަމާ އެކު ތިބެން. އެއްވެސް ވަރަކަށް ހަމަނެޖެހުމަށް މަގުފަހިވާނެ ކަމެއްކޮށްގެން ނުވާނެ." ތަކްސީން ވިދާޅުވި އެވެ.
ހަނޑުލުން ސަބްސިޑީ ދިން މައްސަލާގައި ޔިންގްލަކް ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސިޔާސީ ހަރަކާތްތަކުން ދުރުކޮށްފަ އެވެ.
މައޫލޫމާތު: ބޭރުގެ ނޫސްތައް