ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރުގެ އޮފީހަށް ގެއްލުން ދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހިތަދޫގައި ހުންނަ އޮފީހެއްގެ ބިއްލޫރިތައް ތަޅާލި މައްސަލައެއް ފުލުހުންނަށް މިއަދު ހެނދުނު 6:30 ގައި ހުށަހަޅާފައިވާ ކަމަށެވެ. އެ އޮފީހުގެ ބިއްލޫރިތައް ތަޅާލުން ފިޔަވައި އިތުރު ގެއްލުމެއް ދީފައިވާކަން ފާހަގަ ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލައަ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރުގެ އޮފީހަށް ގެއްލުންދިން މައްސަލައާ ގުޅިގެން އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.