18 May 2015, 10:27
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުން އަންނަ އިންވާޓާ އައިސްއަލަމާރި މި އަހަރުގެ ރޯދަމަހާ ދިމާކޮށް އެ ކުންފުނިން އަގުހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕްރޮމޯޝަންގެ ދަށުން ޖުމްލަ 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އިން ގަންނަ ކޮންމެ އައިސް އަލަމާރިއެއް ޑެލިވާކޮށްދިނުމުގެ ހިދުމަތާއި އަދި 18 މަސް ދުވަހުގެ ސާވިސް ވޮރެންޓީ އާއި ފަސް އަހަރު ދުވަހުގެ ކޮމްޕްރެސާ ވޮރެންޓީ ލިބޭނެ ކަމަށް އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައިވެ އެވެ.
އެ ޕްރޮމޯޝަންގެ ދަށުން ހަތަރު ފޫޓު އަދި ހަ ފޫޓުގެ އައިސް އަލަމާރި 4،299 ރުފިޔާ އާއި 11،999 ރުފިޔާއާ ދެމެދުގެ އަގެއްގައި ލިބޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެސްޓީއޯ އިން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ބަދިގޭގައި އަދި ގޭތެރޭގައި ބޭނުންކުރާ ތަފާތު ސާމާނުތަކުގެ އަގު ހެޔޮކުރަމުންނެވެ. އެގޮތުން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.