17 May 2015, 20:18
މޯލްޑިވްސް އިސްލާމިކް ބޭންކު މެދުވެރިވެގެން މުދާ ގަންނެވޭ އަދަދު 100،000 ރުފިޔާ އިން 150،000 ރުފިޔާއަށް އިތުރުކޮށް ފައިސާ ދައްކަންޖެހޭ މުއްދަތު 18 މަހުން 30 މަހަށް އިތުރުކޮށްފިއެވެ.
'ރަމަޒާން ޕްރޮމޯޝަން" ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން އޮންނާނީ މިއަދުން ފެށިގެން ރޯދަ މަސް ނިމެންދެންނެވެ.
ސަން ފްރޮންޓްގައި މިއަދު ހަވީރު ބޭއްވި ޕްރެސްކޮންފަރެންސެއްގައި އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒް މުހައްމަދު ޝާފާއު ހަސަން ވިދާޅުވީ، މިހާރު އިސްލާމިކް ބޭންކުން މެދުވެރިކޮށް މުދާ ނަގާފައިވާ ފަރާތްތަކަށް ވެސް 150،000 ރ އާއި ހަމައަށް މުދާނެގިދާނެ ކަމަށެވެ.
" މިހާރު މުދާ ނަގާފައި ތިއްބެވި ފަރާތްތަކަށް ވެސް އެޕްލައި ކުރެވިދާނެ. އެ ބޭފުޅުންގެ މުސާރަ ސަޕޯޓް ކުރާ ކަަމަށްވަންޏާ ލިބޭނޭ' ޝަފާއު ވިދާޅުވިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ނެގޭނީ ފަރުނީޗަރާއި އިލެކްޓްރޯނިކްސް ކޮމްޕިއުޓަރާއި އަދި އިމާރަތްކުުރުމަށް ބޭނުންވާސާމާނާއި އަދި ގެއަށް ބޭނުންވާ ސާމާނެވެ.
މި ބަދަލާއި އެކު މަހުންމަހަށް އަނބުރާ ދައްކަންޖެހޭ އަދަދު މަދުވުުމުން ގިނަ ބަޔަކަށް މި ހިދުމަތުގެ ބޭނުން ހިފޭނެ ކަމަށް އިސްލާމިން ބޭންކުން ބުނެއެވެ.
މި ހިދުމަތަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމިކް ބޭންކާއި އެއްކޮށް ސޮއިކޮށްފައިވާ ފަރާތެއްގެ މުވައްޒަފުން ކަމަށް ވާންޖެހެއެވެ. އަދި ހަމަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓާއި ވަޒީފާ އަދާކުރާ ތަނުގެ ލިޔުމެއް ބޭނުންވެއެވެ.