27 Feb 2011, 13:27
ލޯކަލް ކައުންސިލް އިންތިހާބުގެ ދެ ވަނަ ބުރު އޮބްޒާވް ކުރުމާއި މޮނީޓާ ކުރުމުގެ ހުއްދަ ދޭނީ ފުރަތަމަ ބުރުގައި ވެސް އެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފުރަތަމަ ބުރުގައި ފާސް ލިބިފައިވާ މީހުންނަށް ހަމަ އެ ފާހުގައި އިތުރު ހުއްދައެއް ނެގުމަކާ ނުލައި ދެ ވަނަ ބުރުގައި ވެސް ހަރަކާތްތެރިވެވޭނެ ކަމަށެވެ.