17 May 2015, 16:50
ނ. ލަންދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި ކަމުގެ ތުހުމަތުގައި ކުޑަ ދެ ފިރިހެން ކުދިން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ހުށަހެޅި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 16 އަހަރުގެ ފިރިހެން ކުއްޖަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ދެކުދިން ހައްޔަރު ކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ލަންދޫގެ ގެއަކުން އެ ދެ ކުދިން ވަގަށް ނެގި 5،800ރ. އާއި 3،700 ޑޮލަރު ފެނިފައި ވަނީ އެރަށުގެ އެކި ހިސާބުތަކުން ކަމަށެވެ. އަދި ފައިސާގެ އިތުރުން އެގެއިން ވަގަށް ނަގާފައިވާ ފޯނު ފެނިފައި ވަނީ މޫދަށް އެއްލާލާފައިވަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.