ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުންނާއި އަދާލަތު ޕާޓީ ގުޅިގެން ހިންގި ޓެލެތޯނުން ލިބުނު ފައިސާ އިން ގާޒާގައި އިމާރާތް ކުރި ގެތަކުގައި މީހުން ދިރިއުޅޭން ފަށައިފި އެވެ.

ގަތަރު ރެޑް ކްރެސެންޓް މެދުވެރިކޮށް ހިންގި މަޝްރޫއުން ގާޒާގައި 100 ގެ އިމާރާތްކޮށްފައިވެ އެވެ. އަދި އެ ގެތަކުން 700 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެ އެވެ.

ދިވެހިން ހަދިޔާ ކުރި މެޑިކަލް ސާމާނު ފަސްލަސްތީނު މީހުންނަށް ހަދިޔާ ކުރަނީ --

އިޒުރާއީލުން ހިންގި އުދުވާނުގައި ފަސްލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން ވިއްސިވިހާލި ކޮށްލުމުން ދިވެހި މީޑިއާ އިން ހިންގި ހަރަކާތުން 1.9 މިލިއަން ޑޮލަރު ގަދަރު ރެޑް ކްރެސެންޓް މެދުވެރިކޮށް ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދީފައިވެ އެވެ.

އަދި އެ ފައިސާ އިން ގާޒާގައި "މޯލްޑިވްސް ޝެލާ"ގެ ނަމުގައި 100 ވަގުތީ ހިޔާ އަޅައި މީހުން ވަނީ ދިރިއުޅެން ފަށައިފަ އެވެ.

ދިވެހީން ހަދިޔާ ކުރި ގެތައް ކައިރީގައި ފަލްސްތީނު ކުދިން ކުޅެނީ --
ގަތަރު ރެޑް ކްރެސެންޓުން ބުނި ގޮތުގައި ކޮންމެ ވަގުތީ ހިޔަލެއްގައި ނިދާ ކޮޓަރިއެއްގެ އިތުރުން ފާހާނާ އަކާއި ބަދިގެއެއް ހުންނާނެ އެވެ. އަދި މީހުން ދިިރިއުޅުމަށް ބޭނުންވާނެ ފެނާއި ކަރަންޓު ފަދަ އަސާސީ ވަސީލަތްތައް ވެސް ގާއިމްކޮށްފައިވާ ކަމަށް އެ ޖަމާއަތުން ބުންޏެވެ.

ގަތަރުގެ ރެޑް ކްރެސެންޓުން ބުނީ އެ ގެތައް ގާޒާގެ މީހުންނަށް ހަވާލު ކުރުމާ އެކު އެގެ ތަކުގައި ދިރިއުޅޭ މީހުންނަށް 25،000 ޑޮލަރު (385500 ރުފިޔާ) ވެސް ހަދިޔާކޮށްފައިވާ ކަމަށެވެ.