17 May 2015, 14:55
އޭޝިއަން ވޮލީ ބޯލް ޗެމްޕިއަންޝިޕްގެ 23 އަހަރުން ދަށުގެ ފިރިހެން މުބާރާތުގައި ޕޫލް އޭގެ އެންމެ ފަހު މެޗްގައި ސައުދީ ޢަރަބިއްޔާއާ ވާދަކޮށް ފަސް ސެޓް ދެ ސެޓުން ރާއްޖެ ބަލިވި ނަމަވެސް ސައުދީއާ ދެކޮލަށް ރަނގަޅު ފައިޓެއްދީފި އެވެ.
އިއްޔަ ކުޅުނު މެޗްގައި ފަސް ސެޓަށް ކުޅެން ޖެހުނީ ސައުދީ އިން ފުރަތަމަ ސެޓް ހޯދާފައިވަނިކޮށް ރާއްޖެ އިން ދެ ވަނަ ސެޓާއި ތިން ވަނަ ސެޓް ކާމިޔާބުކުރުމުންނެވެ. ރާއްޖެ މެޗުން ބަލިވީ ފަހު ދެ ސެޓުން ބަލިވުމުންނެވެ.
ފުރަތަމަ ސެތް ސައުދީ އިން ކާމިޔާބު ކުރީ 25 ޕޮއިންޓް 19 ޕޮއިންޓުންނެވެ.
ދެ ވަނަ ސެޓުން ރާއްޖެ މޮޅުވީ 27 ޕޮއިންޓް 25 ޕޮއިންޓުންނެވެ. ތިން ވަނަ ސެޓުން ވެސް ރާއްޖެ މޮޅުވީ 25 ޕޮއިންޓް 21 ޕޮއިންޓުންނެވެ.
ހަތަރު ވަނަ ސެޓުން 25 ޕޮއިންޓް 12 ޕޮއިންޓުން މޮޅުވިއިރު އެންމެ ފަހު ސެޓުން މޮޅުވީ 15 ޕޮއިންޓް 12 ޕޮއިންޓުންނެވެ.
މިޕޫލުން ރާއްޖެ އާއި ސައުދީ ކެޓިއިރު ދެ ވަނަ ބުރަށް ދިޔައީ މުބާރާތް ބާއްވާ ޤައުމު މިޔަންމާއާއި ތައިލެންޑެވެ.