ލ. އަތޮޅު ކައުންސިލްގެ ކާރު ތެރޭ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އެ އަތޮޅު ކައުންސިލް މެމްބަރަކާއި އިތުރު އަންހެންނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ކާރެއްގެ ތެރޭގައި ބަދުއަހުލާގީ ޢަމަލު ހިންގަން ތިބި ކަމުގެ ތުހުމަތުގައި އުމުރުން 39 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ދަންވަރު 01:00 ހާއިރު، ގަން ތުނޑިއާއި މަތިމަރަދޫ ބައިކުރި މަގުގެ ހުޅަނގު ކޮޅުގައި ކާރެއްގެ ތެރޭގައި ބަދުއަހުލާގީ ޢަމަލު ހިންގަން ތިއްބައި ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލާގައި އެ ދެ މީހުންނާއެކު ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކާރު ތެރެ ބަލައި ފާސްކުރިއިރު ބަދުއަހުލާގީ ޢަމަލު ހިންގުމަށް ބޭނުންކުރާ ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ެއެ ކާރަކީ ލ. އަތޮޅު ކައުންސިލްގައި ބޭނުންކުރަމުންދާ ކާރެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.