އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގެ މުއައްޒަފުންގެ އެހީތެރިކަމާއެކު ނޭޕާލަށް 10،000 ޑޮލަރު (154200 ރުފިޔާ) ހަދިޔާކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނީ ތިން ހޮސްޕިޓަލުގެ ސްޓާފުންގެ ފަރާތުން އެހީއެއް ފޯރުކޮށްދިނުމުގެ ބެނުމަކީ ނޭޕާލަށް ކުރިމަތިވެފައިވާ ހިތާމަވެރި ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުންނަށް އެހީތެރި ކަމެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެ ގްރޫޕުން ރުފިޔާ ހަވާލުކޮށްފައި ވަނީ ނެޕާލް ރިލީފް ފަންޑަށެވެ.

އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އޭގެ އިތުރުން އައިޖީއެމްއެޗްގެ ގިނަ ޑޮކްޓަރުން ކިޔެވީ ވެސް ނޭޕާލުން ކަމަށާއި، ނޭޕާލަށް ބިންހެލުން އައުމުގެ ކުރިން ވެސް އެ ގައުމުގައި ދިވެހިން ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކުރަމުން ދިޔަ ކަމަށް އައިޖީއެމްއެޗްގެ އޮފިޝަލުން ވިދާޅުވި އެވެ.