17 May 2015, 12:26
މި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން 25 މީހަކު ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ އެ މީހުން ދޫކޮށްލީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މީހުން ދޫކޮށްލީ އެ މީހުން ފުލުހުންގެ ބަންދުގައި ބަހައްޓަން އިތުރަށް ނުފެންނާތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ގިނަ ބަޔަކު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާއިރު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 123 މީހެއްގެ މައްސަލަ ޕްރޮސިިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވާފައި އެވެ.
މޭޑޭ މުޒާހަރާއާ ގުޅިގެން، ފުލުހުން ވަނީ 193 މީހުން ހައްޔަރުކޮށްފަ އެވެ.