17 May 2015, 11:51
ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވާހާ ގުޅިގެން ކްރިކެޓް ބޯޑާ ގުޅިގެން ލ. ކުނަހަންދޫ އާއިލާތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އާއިލީ ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އެރަށު އިރުމަތީގެއާގެ އާވާދަކޮށް ގުލްސަންގޭ އާއިލާއިން ހޯދައިފިއެވެ.
އާއިލާތަކުން 20 ޓީމް ބައިވެރިވި މުބާރާތުގެ ފައިނަލްގައި ޓޮސް ލިބިގެން އިރުމަތީއާގޭ ފައިނަލްގައި އާއިލާ ޓީމު ގަސްތު ކުރީ ކުޅުމަށެވެ. ހަ އޯވަރ ތެރޭ އިރުމަތީއާގޭ އާއިލާ ގެ ޓީމައް ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 40 ލަނޑެވެ. މިޓީމުން އެންމެ ރަގަޅަށްކުޅުނީ 25 ލަނޑު ހެދި އައިސަރުއެވެ. ގުލްޝްންގޭ އާއިލާގެ ޓީމުން އެންމެ ރަގަޅަށް އުކީ 15 ލަނޑަށް ތިން ވިކެޓު ނެގި ހަފްސާއެވެ.
ޖަވާބުގައި ގުލްޝްންގޭ އާއިލާ ގެ ޓީމު ކުޅެން އަރާ ފަސް އޯވަރާއި ތިން ބޯޅަ އިން 41 ލަނޑު ހަދާ މޮޅުވީއެވެ. ގުލްޝަން ގޭ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ލަނޑު ހެދި ހަމްދާނުއެވެ. އިރުމަތީގޭ އާއިލާގެ ޓީމުން އެންމެ ރަނގަޅައް އުކީ 22 ލަނޑަށް ދެ ވިކެޓުނެގި އައިސަރ އެވެ.
އާއިލީ ކްރިކެޓް މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ކުނަހަންދޫ ކައުންސިލްގެ ނައިބުރައީސް އަދި ކުރީގެ މަސްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިރުޣާމް ސައީދު (ލަރޭ) ސަން އަށް ވިދާޅުވީ ކުނަހަންދޫގައި ކުރިކެޓް ފޯރި ގަދަވަމުން އަންނަ ކަމަށާއި ރޯދަމަހުގެ ކުރިން ކުނަހަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ކުރިކެޓް ދަނޑުގެ އަމަލީ މަސައްކަތް ނިމޭނެ ކަމަށެވެ.
ލަރޭ ވިދާޅުވީ ކުނަހަންދޫގައި ކްރިކެޓް ފޯރި ދިރުވުމަށްޓަކައި އިތުރު ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މިއީ އާއިލާތަކަށް ޚާއްސަކޮށް މަލެއިން ބޭރުގައި ކްރިކެޓް މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.