ދައުލަތަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަދި މަޝްހޫރު ވިޔަފާރި ވެރިޔާ މ. ލަކީސްޓާ ޢަލީ ސުލައިމާން (ވައިކަރަދޫ ޢަލީ ކަތީބު) އަވަހާރަވެއްޖެ އެވެ.

ހާޑުވެއާ ސްޓޯރު އެލްބިއަން ސުޓޯރުގެ ވެރިޔާ އަދި ދައުލަތަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ އަލީ ކަތީބް އަވަހާރަވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

އަވަހާރަވި އިރު އުމުރު ފުޅަކީ 89 އަހަރެވެ. ކަށު ނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

އޭނާ އަށް ވަނީ ދައުލަތަށް ގިނަ ދުވަހު ޚިދްމަތްކުރެއްވި އިއްޒަތްތެރިޔާގެ ލަގަބް 2011 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ. އޭނާ ހދ. އަތޮޅު މެމްބަރުކަން ތިން ދައުރު ކުރައްވާފައިވާ އިރު ވައިކަރަދޫ މުދިމު ކަމާއި ކަތީބުކަން ވެސް ކުރައްވާފައިވެ އެވެ.