ކ. ދިގުފިނޮޅުގައި ހިންގާ 'އަނަންތަރާ ދިގު ރިސޯޓް އެންޑް ސްޕާ'ގައި މިރޭ އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު "ސަން"އަށް ވިދާޅުވީ ދިގުފިނޮޅުގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މެންދަމު 2:17ގައި ކަމަށެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އެ ރިސޯޓަށް ދިޔައިރު، އެ ރިސޯޓުގެ މުވައްޒަފުން ގުޅިގެން އަލިފާން ނިއްވާލާފައިވާ ކަމަށް އަދުނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލިފާން ރޯވީ އެ ރިސޯޓުގެ ވޯޓާ ބަންގަލޯއެއްގައި ކަމަށާއި ކައިރި ކައިރީގައި ހުރި އެހެން ބަންގަލޯތަކަށް އަލިފާންގަނޑު ފެތުރުނު ކަމަށެވެ. އޭގެ ސަބަބުން ޖުމްލަ ތިން ބަންގަލޯއެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ހުލިވެފައިވާ ކަމަށް އަދުނާން ވިދާޅުވި އެވެ.