16 May 2015, 21:06
ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ރާޅުގަނޑު ސަރަހައްދުގައި މިރޭ ހަވާ އަރުވަނިކޮށް، އާންމުންގެ ބަޔަކު ފިހިއްޖެ އެވެ.
ހަވާ އެރުވި ސަރަހައްދަަށް ބަޔަކު ޖަމާވެފައި ވަނިކޮށް މައްޗަށް އެރުވި ހަވާގެ އެއްޗެހިތަކެއް އާންމުންގެ ތެރެއަށް ބުރައިގެން ދިޔަ އެވެ. ބަޑިބޭސް އެކުލެވޭ އެތަކެތި ބައެއް މީހުންގެ ގައިގައި ޖެހި ފިހިފައިވެ އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހަވާ އެރުވުމުގެ ހަރަކާތުގައި އަނިޔާވި ކުއްޖަކަށް ފަރުވާދެނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި ތިން މީހަކަށް އަނިޔާވި ކަމަށާއި އޭގެ ތެރެއިން އެކަކު ސެނަހިޔާ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަނެއް ދެ މީހުންނަކީ ކުޑަކުއްޖަކާއި އޭނާގެ ބައްޕަ އެވެ. އެ މީހުންނަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗަށް ގެންދިޔަ މީހުނަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވަޑައިގެން ހަވާ އަރުވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ