16 May 2015, 12:46
އޯގަސްޓް 1 އިން 8 ރީޔުނިއަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގޫރޫޕް އޭގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ޝީޝެލްސްއާ މަޑަގަސްކަރަ އަދި މަޔޯއްޓޭ ލައްވައިލައިފިއެވެ.
ދެގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ރީޔުނިއަންއާ ކޮމޮރޯސްއާއި މައުރީސްއެވެ.
ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމްވެސް ލައްވާލީ ގުރޫޕް އޭ ގައެވެ. އެގޫރޫޕްގައި ދެން ހިމެނެނީ ޝީޝެލެސްއާ މަޔޯއްޓޭއެވެ.
ވޮލީބޯޅައިގައި ރާއްޖޭގެ ފިރިހެން ޓީމާއެކު ގުރޫޕް އޭގައި ހިމެނެނީ ޝީޝެލްސްއާ މަޔޯއްޓޭއާ މައުރީސްއެވެ.
ގުރޫޕް ބީގައި ހިމެނެނީ ރީޔުނިއަންއާއި ކޮމޮރޯސްއާއި މަޑަގަސްކަރައެވެ. އަންހެން ވޮލީބޯޅައިގައިވެސް ރާއްޖެ ލައްވާލީ ގުރޫޕް އޭ ގައެވެ. އެގުރުޕްގައި ދެން ހިމެނެނީ ޝީޝެލްއާ މަޑަގަސްރައެވެ.
ގުރޫޕް ބީގައި ހިމެނެނީ ރީޔުނިއަންއާ މައުރީސްއެވެ. ބާސްކެޓްބޯޅައިގައި ރާއްޖޭގެ ފިރިހެން ޓީމް ލައްވާލީ ރީޔުނިއަންއާ މައުރީސް އާއެކު ގުރޫޕް ބީ ގައެވެ.

އިންޑިއަން އޯޗަން އަިލެންޑް ގޭމްސްގެ ގުރޫޕްތައް ބެހިފައިވާ ގޮތް --- ފޮޓޯ/ އެމްއޯސީ
ގުރޫޕް އޭ ގައި ހިމެނެނީ ޝީޝެލްސްއާ މަޑަގަސްކަރައިގެ އިތުރުން މަޔޯއްޓޭއާއި ކޮމޮރޯސްއެވެ.
އަންހެން ބާސްކެޓްގައި ރާއްޖެއިން ބައިވެރިވެފައެއް ނުވެއެވެ.
އަންހެން ބާސްކެޓްގައި ގުރޫޕް އޭ ގައި ހިމެނެނީ މަޑަގަސްކަރައާއި މަޔޯއްޓޭގެ އިތުރުން މައުރީސްއެވެ. ގުރޫޕް ބީގައި ހިމެނެނީ ރީޔޫނިއަންއާއި ކޮމޮރޯސްގެ އިތުރުން ޝީޝެލްސްއެވެ.
ހޭންޑްބޯލްގައި ރާއްޖެއިން ފިރިހެންޓީމެއް ބައިވެރިވެފައެއް ނުވެއެވެ. ރާއްޖޭގެ އަންހެން ޓީމް ހިމެނޭ ގުރޫޕް ބީގައި ދެން ހިމެނެނީ ރީޔުނިއަންއާއި ޝީސެލްސްގެ އިތުރުން މައުރީސްއެވެ.
ގުރުޕް އޭގައި ހިމެނެނީ މަޑަގަސްކަރައާއި މަޔޯއްޓޭގެ އިތުރުން ކޮމޮރޯސްއެވެ. ފިރިހެން ހޭންޑްބޯލްގައި ގުރޫޕް އޭ ގައި ހިމެނެނީ މަޔޯއްޓޭއާއި މަޑަގަސްކަރައިގެ އިތުރުން މައުރީސްއެވެ.
ގުރޫޕް ބީގައި ހިމެނެނީ ރީޔުނިއަންއަދި ކޮމޮރޯސްގެ އިތުރުން ޝީޝެލްސްއެވެ. އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސްއަކީ އިންޑިއާ ކަނޑުގައި ހިމެނޭ ރަށްތަކެއް ގޮތަށް އުފެދިފައިވާ ގައުމުތަކަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.
ހަތަރު އަހަރުން އެއް އަހަރު ބާއްވާ މިމުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 1979 ވަނަ އަހަރުއެވެ. މިފަހަރު ބާއްވާ މިމުބާރާތަކީ ނުވަ ވަނަ މުބާރާތެވެ. 2011 ވަނަ އަހަރު މިމުބާރާތް ބާއްވާފައިވަނީ ސީޝެލްސްގައެވެ.