ސަން ސިޔާމް ގްރޫޕަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑުތަރުހީބެއް ލިބިއްޖެ އެވެ.

ވިލިމާލެ މުހުޔިއްދީން ސްކޫލްގައި މިއަދު ހަވީރު 4:00 އިން ފެށިގެން 6:00 އަށް "ސަން ފަން ފޮ ކިޑްސް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ކުޑަކުދީންގެ ހަރަކާތްތަކުގަައި ބައިވެރިވުމަށް ޅަ އުމުރުފުރާގެ ގިނަ ކުޑަކުދިންތަކެއް ވަނީ އައިސްފަ އެވެ.

ސަން ސިޔާމް ގްރޫޕަށް 25 އަހަރު ފުރުން ފާހަގަކުރުމަށް މިއަދުބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން ------ ސަން ފޮޓޯ/ އަލީ ނަސީރު

މިއަދު ބޭއްވި ހަރަކާތުގައި ސްކޫލްކުދިންނަށް ހާއްސަ ތަފާތު ކުޅިވަރުގެ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އޭގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

ސަން ސިޔާމް ގްރޫޕަށް 25 އަހަރު ފުރުން ފާހަގަކުރުމަށް މިއަދުބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން ------ ސަން ފޮޓޯ/ އަލީ ނަސީރު

އެގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ ތޭރަވާ އާއި ސަމާ އަދި ލަމްހާގެ ހުށަހެޅުންތަކެއް ވަނީ އެ ހަވީރުގެ ތެރެއިން ދައްކާލާފަ އެވެ. އޭގެ އިތުރުން ކުޑަކުދިންގެ މަދަހަ ކިޔުމާއި ނެށުމުގެ ހަރަކާތްތަކެއްގެ އިތުރުން ކުޑަކުދިންގެ ފެޝަން ޝޯ އަކާއި ސްޓޭޖްމަތީގެ އިތުރު ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސަން ސިޔާމް ގްރޫޕަށް 25 އަހަރު ފުރުން ފާހަގަކުރުމަށް މިއަދުބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން ------ ސަން ފޮޓޯ/ އަލީ ނަސީރު

"މިފަދަ ކުޑަކުދިންގެ ހަވީރެއް ބޮޑުކޮށް ފާހަގަކުރުމުގެ ބޭނުމަކީ އަޅުގަނޑުމެންގެ ފަރާތުން އިޖުތިމާއީ އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ ފަރުދުންގެ މެދުގައި އިޖުތިމާއީ ގުޅުން އިތުރަށް ބަދަހިކުރުން،" އިވެންޓް އިންތިޒާމްކުރާ ކޮމިޓީގެ މެންބަރު އައްޒަ ހަމީދު ވިދާޅުވި އެވެ.

ސަން ސިޔާމް ގްރޫޕަށް 25 އަހަރު ފުރުން ފާހަގަކުރުމަށް މިއަދުބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން ------ ސަން ފޮޓޯ/ އަލީ ނަސީރު

ސަން ސިޔާމް ގްރޫޕަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޔެ އެ ގްރޫޕުން ވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ގޭމް ސްޓޭޝަނެއް ހުޅުވާފަ އެވެ. އެ ގޭމްސެންޓަރުން ޕްލޭސްޓްޓޭޝަނާއި ރާޒުވާ އާއި ޓޭބަލް ޓެނިސް އާއި ކެރޮމްގެ އިތުރުން އެނޫން ވެސް ގޭމްތައް ކުޅެވޭނެ އެވެ.

އޭގެ އިތުރުން އެ ގްރޫޕަށް 25 އަހަރު ފުރުން ފާހަގަކުރުމަށް މާދަމާ ވަނީ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގަން ފަށާފަ އެވެ.

މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ގިނަ ކުޑަކުދިންތަކެއް ބައިވެރިވެފައިވާ އިރު އެ ހަވީރަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނު އާއިލާގެ ބޭފުޅުންވެސް ޒިޔާރަތްކުރެއްވިއެވެ.