މ. މެދުފުށި އައިލެންޑް ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:50 ހާއިރު ކަމަށާއި މުލީ ހޮސްޕިޓަލަށް އެ ފަތުރުވެރިޔާ ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ ފަތުރުވެރިއެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އުމުރުން 37 އަހަރުގެ އަންހެން ފަތުރުވެރިޔާ މިއަދު 3:15 އެހާކަންހާއިރު ވަނީ މާލޭގެނެސް އައިޖީއެމްއެޗަށް ގެންގޮސްފައެވެ.