14 May 2015, 21:45
ސަން ސިޔާމް ގްރޫޕުން ހަރަދު ކޮށްގެން މާލޭ ކުޑަކުދިންގެ ހިޔާގައި ގޭމް ސެންޓަރެއް ގާއިމް ކޮށްފި އެވެ.
ކުޑަކުދިންގެ ހިޔާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ގޭމް ސެންޓަރު ރަސްމީކޮށް ހުޅުވާދެއްވާފައި ވަނީ ޝަރަފުވެރި މެހްމާން އޮޅުވެލި ރިސޯޓުގެ ޖެނެރަލް މެނޭޖަރު މޫސާ ރަޝީދެވެ.
އެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ މިއަދު ހުޅުވި ގޭމް ސެންޓަރަކީ ސަން ޓްރެވެލްސް އެންޑް ޓުއާސްއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރި ތަނެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އިޖުތިމާއީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ. އެގޮތުން ތެލެސީމިއާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހަރަކާތްތަކެއް ބާއްވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސަން ސިޔާމް ގްރޫޕުން ކުޑަކުދިންގެ ހިޔާގައި ގޭމް ސެންޓަރެއް ހުޅުވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
މިއަދު ހުޅުވި ގޭމް ސެންޓަރުގައި ކުޑަކުދިންގެ ހިޔަލުގައި ދިރިއުޅޭ ކުދިންނަށް އެކި ކަހަލަ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން ޕްލޭސްޓްޓޭޝަނާއި ރާޒުވާ އާއި ޓޭބަލް ޓެނިސް އާއި ކެރޮމްގެ އިތުރުން އެނޫން ވެސް ގޭމްތައް އެތަނުގައި ކުޅެވޭނެ އެވެ.
ސަން ސިޔާމް ގްރޫޕުން ކުޑަކުދިންގެ ހިޔާގައި ގޭމް ސެންޓަރެއް ހުޅުވުވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން