27 Feb 2011, 09:48
ޖިއްދާ : މަޤާމުން ދުރުކުރެިވިފައިވާ ތޫނިސްގެ ރައީސް ޒައިނުލްޢާބިދީން ބިން ޢަލީއަށް ސްޓްރޯކެއް ޖެިހިވަޑައިގެން އެއްފަޅި ވާވެފައިވަނިކޮށް މީގެ ދެދުވަސްކުރިން އަނެއްކާ ފޭހުޅުނެތި ބިންޢަލީ ކޯމާ އެއްގައި ކަމަށް އޭނާގެ ޢާއިލާއާ ވަރަށް ގާތްފަރާތަކުން ހާމަކޮށްފިއެވެ.
ނަންހާމަކުރަންނޭދޭ މިފަރާތާ ޙަވާލާދީ ބީ.ބީ.ސީ ބުނިގޮތުގައި އުމުރުފުޅުން 74 އަހަރުގެ ބިންޢަލީ މިދިޔަ ޖަނަވަރީމަހުގެ 14 ވަނަދުވަހު ތޫނިސްއިން ފިއްލަވައިގެން ސަޢޫދީ އަރަބިޔާއަށް ވަޑައިގެންނެވުމަށްފަހު އޭނާގެ ސިއްްޙީ އަދި ނަފްސާނީ ޙާލުކޮޅު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.
ސަޢޫދީ އަރަބިޔާއަށް ހިޖްރަކުރެއްވިތާ ދެތިން ހަފްތާތެރޭގައި ބިންޢަލީ އަށް ސްޓްރޯކެއްޖެހި ހަށިގަނޑުގެ އެއްފަޅީގައި ވާގިނެތުމުގެ ސަބަބުން އޭނާ ޖިއްދާގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވުނު ކަމަށް ޚަބަރު ލިބުނެވެ.
އިއްޔެ ޚަބަރު ލިބުނު ގޮތުގައި ބިންޢަލީ މީގެ ދެދުވަސްކުރިން ވަނީ ހޭފުޅުނެތި ވަނީ ކޯމާ އެއްގަ އެވެ.
ބިންޢަލީ އާލާސްކަންފުޅުގައި ޖިއްދާގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައިވާތާ ދެތިން ހަފްތާ ވެފައިވާއިރު އޭނާގެ އަރިހުގައި އަނބިކަނބަލުން ލައިލާ އައްތަރާބްލްސީ ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ބީ.ބީ.ސީ)