އައްޑޫ ސިޓީ ހިތަދޫގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެ އެކްސިޑެންޓު ހިނގީ މިއަދު މެންދުރު ފަހު 15:00 ހާއިރު ހިތަދޫ ބޮޑުމަގުގައި ހުންނަ އާގަލާ މާޓް ސަރަހައްދުގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސަކަލެއް ކާރެއްގައި ޖެހިގެން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާ ވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އަނިޔާ ލިބިފައި ވަނީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށްއޮފިޝަލް ވިދާޅުވި އެވެ. އެހެންނަމަވެސް އޭނާ އަށް މާ ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.