ހައުސްކީޕާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެބްސައިޓް ލޯންޗްކޮށްފި އެވެ.

ހައުސްކީޕާސް އެސޯސިއޭޝަނަކީ ރާއްޖޭގެ ހުރިހާ އެގްޒެކެޓިވް ހައުސް ކީޕަރުން ހިމެނޭ އޮފިޝަލް އެސޯސިއޭޝަން އެވެ. އެގޮތުން ހައުސް ކީޕަރުން ބޭނުންވާ ފަރާތްތަކަށް ހައުސް ކީޕަރުން ހޯދައިދީ އެ ފަރާތްތައް ޓްރެއިންކޮށްދެ އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވެބްސައިޓް ލޯންޗުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ކުރީގެ ޑީން މަރިޔަމް ނޫރައްދީން އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހައުސްކީޕާސް އެސޯސިއޭޝަންގެ މެންބަރު އަހުމަދު ސިރާރު ވިދާޅުވީ އެ ވެބްސައިޓުން ހައުސްކީޕާސް އެސޯސިއޭޝަނާ ގުޅޭ ތަފާތު މައުލޫމާތުތައް ލިބެން ހުންނާނެ ކަމަށެވެ. ވެބްސައިޓަށް ވަދެވޭނީwww.maldiveshousekeepersforum.orgމެދުވެރިކޮށެވެ.

"އަޅުގަނޑުމެންގެ ހިދުމަތްތަކުގެ ތެރޭގައި މިސާލަކަށް ގެސްޓްހައުސް އަކުން ގުޅާފައި ހައުސް ކީޕަރުން ބޭނުންވާ ކަމަށް އަޅުގަނޑުމެން ގާތުގައި ބުނަނީ. ބުނީމާ ދެން އަޅުގަނޑުމެން އެ ފަރާތަކަށް ރަނގަޅު ޓްރެއިން ވެފައިތިބޭ ހައުސް ކީޕަރުން ރިކޮމެންޑް ކޮށްދޭނަން،" ސިރާރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ އެސޯސިއޭޝަންގެ ބޯޑު އެކުލަވާލާފަ އެވެ. ޖުމްލަ 10 މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އެ ބޯޑުގައި ހިމެނެނީ ރާއްޖޭގެ އެކި ރިސޯޓުތަކާއި ހޮޓާތަކުގައި ހައުސްކީޕިންގެ މަސައްކަތްކުރާ ފަރާތްތަކެވެ.