14 May 2015, 13:34
އިންޑިއާ އާއި ޗައިނާއާ ދެގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން ބަދަހިކޮށް އިތުރަށް މަޝްވަރާކުރުމަށް އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ މިއަދު ޗައިނާ އަށް ވަޑައިގެންފި އެވެ.
މޯދީ ޗައިނާ އަށް ފެއްޓެވި ތިން ދުވަހުގެ އެ ދަތުރުފުޅުގައި މިއަދު ޗައިނާގެ ޒިއާން ސިޓީ އަށް ވަޑައިގެން އެގައުމުގެ ރައީސް ޒީ ޖިންގް ޕިން އާ ބައްދަލުކުރައްވާ އިންޑިއާ އަދި ޗައިނާއާއި ދެމެދު ކުރިއަށް ގެންދެވިދާނެ އިންވެސްޓްމެންޓްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ނިންމަވާފަ އެވެ.
މޯދީ ވިދާޅުވެފައި ވަނީ އެ ދަރުފުޅުގެ ސަބަބުން އިންޑިއާ އަދި ޗައިނާއާއި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިވެ، އޭޝިއާ ސަރަހައްދަށް ވެސް އަންނަ ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން ކުރެވޭ މި ދަތުރުގެ ސަބަބުން ޗައިނާއާ އެކު އިގްތިސާދީ ގޮތުން ގުޅުން ބަދަހިވެ އިގްތިސާދު އިތުރަށް ފުޅާވެގެންދާނެ،" މޯދީގެ ރަސްމީ ޓުވީޓާ އެކައުންޓްގައި ބުނެފައިވެ އެވެ.
މޯދީ ޗައިނާ އަށް ވަޑައިގެންނެވ ިއިރު ސަރަހައްދީ ރޮނގުގެ މައްސަލާގައި އިންޑިއާ އަދި ޗައިނާ އާ ދެމެދު ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ. އިތުރުން އިންޑިއާއި ވާދަވެރި ޕާކިސްތާނާ އެކު ގާތްގުޅުމެއް ބާއްވާތީ އިންޑިއާ އިން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.