14 May 2015, 12:23
ރިސޯޓަކަށް ޑިކްލެއާ ކުރި 36 ކޭސް ރާ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއަކުން އަތުލައިގެންފި އެވެ.
ކަސްޓަމްސްގައި އޮތް ނޫސްކޮންފަރެންސްއެއްގައި މައުލޫމާތު ދެއްވަމުން ޗީފް ކަސްޓަމްސް އޮފިސާ އައިމިނަތު ލިއުޝާ ވިދާޅުވީ، ރާ ކޭސްތައް އެތެރެކޮށްފައި ހުރީ، ކަސްޓަމްސްގެ ބޮންޑެޑްވެއާ ހައުސް އަށް ޑިއުޓީ ދައްކައިގެން ކަމަށެވެ. އަދި އެ ކޭސްތަކަކީ ރިސޯޓަކަށް ޑިކްލެއާ ކޮށްފައި ހުރި ރާ ކޭސްތަކެއް ކަމަށް ވެސް ލިއުޝާ ވިދާޅުވި އެވެ.
ލިއުޝާ ވިދާޅުވީ ރާ ކޭސްތައް ގެންދަން ޖެހޭ ރިސޯޓުނޫން އެހެންތަނަކަށް ގެންދާ ކަމުގެ މައުލޫމާތު މިމަހުގެ 10 ވަނަ ދުވަހު ކަސްޓަމްސް އަށް ލިބުމާއި ގުޅިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފެނުނު ތަކެތި އިތުރަށް ތަހުގީގު ކުރުމަށް މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.