Last Updated:
1 decade 6 month ago

އަންހެނުން ނަމާދު ކުރުމަށް ޚާއްސަ ހެދުމެއް މިސްކިތްތަކުގައި ބަހައްޓަން ފަށައިފި

    ބުލޮގު ޚުލާސާ

    އަންހެނުން ނަމާދު ކުރުމަށް ޚާއްސަ ހެދުމެއް މިސްކިތްތަކުގައި ބެހެއްޓުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

    އަންހެނުންނަށް ނަމާދުކުރަން ޚާއްސަ މި ހެދުންތައް އެންމެ ފުރަތަމަ ބަހައްޓާފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. އެ ތަނުގައި އޭގެ 50 ހެނދުން ބަހައްޓާފައިވާއިރު އެ ހެނދުންތަކުގެ ސާފުތާހިރުކަން ބެލެހެއްްޓުމުގެ މަސައްކަތް ކުރުމަށް ހަމަޖައްސާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ.

    އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ޑރ. މުނީޒާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ ފަޔާޒު މޫސާ

    އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވީ އެ ހެދުންތަކަކީ ހެޔޮއެދޭ ފަރާތަކުން އަމިއްލަ އަށް އިސްނަގައިގެން މިސްކިތްތަކުގައި ބެހެއްޓުމަށް ހަދިޔާކޮށްފައިވާ ހެދުންތަކެއް ކަމަށެވެ.

    "ނަމާދު ކުރަންދާ ބައެއް އަންހެން ބޭފުޅުން އެކަށީގެންނުވާ ހެދުމެއްގައި ހުރުމުގެ ސަަބަބުން ނަމާދު ކުރާއިރު އައުރަ ކަޝްފުކުރެވޭ. އެހެންވެ އަމިއްލަ ފަރާތަކަށް އެކަންތައް ފާހަގަކުރެވިގެން އަމިއްލައަކަށް ފެނިގެން މިނިސްޓްރީގައި އެދުނީ އެފަދަ ހެދުންތަކެއް މިސްކިތްތަކުގައި ބަހައްޓަން،" އިބްރާޙިމް މުހައްމަދު ވިދާޅުވި އެވެ.

    އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ޑރ. މުނީޒާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ ފަޔާޒު މޫސާ

    އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މިސްކިތްތަކުގައި އެ ހެނދުންތައް ބެހެއްޓުމަށް މިނިސްޓްރީން ފަށައިފައިވާ މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ވެސް އެ ހެނދުންތައް ބެހައްޓާނެ ކަމަށެވެ.

    އެފަދަ ކަންކަން ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން މިނިސްޓްރީއާ ގުޅިގެން އެފަދަ ކަންކަންކުރިއަށް ގެންދިއުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް މުނީޒާ ވިދާޅުވިއެވެ.