މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޝިޕިންގެ އެކައުންޓްތަކާއެކު 11 ކުންފުއްޏެއްގެ އެކައުންޓްތަކެއް ފްރީޒްކުރަން ބޭންކްތަކަށް އެމްއެމްއޭ އިން މިއަދު އަންގައިފި އެވެ.

ފްރީޒު ކުރި އެކައުންޓަތަކުގެ ތެރޭގައި ހިމެނެނީ ގާސިމްގެ ވިލާ ޝިޕިން އާއި ވިލާ ހޮލިޑޭސްއާއި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ އިތުރުން އަބްދުއްﷲ ޖާބިރުގެ ޔޮޓް ޓުއާސްއާއި ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީޑީސީ އާއި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޖަޒީރާ ޕްރައިވެޓް ލިމިޓެޑާއި ތްރީއޭ ކޮމްޕެނީގެ އިތުރުން މެދުފުއްޓާއި ލެގޫން އިންވެސްޓްމަންޓާއި އެގްޒޯޓިކް ޕްރޮޕަޓީސް އާއި ކަނިފުށި އިންވެސްޓްމަންޓާއި އަހުމަދު ވަހީދު އާއި އަބްދުﷲ އަލީގެ އެކައުންޓްތަކެވެ.

އެކަމާ ގުޅޭގޮތުން މީރާ އާއި އެމްއެމްއޭއިން ވެސް ބުނެފައި ވަނީ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

އެކައުންޓްތައް ފްރީޒް ކުރުމާއެކު އެ ކުންފުއްޏެއްގެ ނަމުގައި އެއްވެސް ބޭންކެއް މެދުވެރިކޮށް ޓްރާންސް ސެކްޝަންތަކެއް ނުހެދޭނެއެވެ.

މީރާއިން ކުރިން ބުނެފައިވަނީ ޓޫރިޒަމް ދާއިރާގެ އެކި ޓެކްސްތައް ނުދެއްކުމުގެ ސަބަބުން 20 ކުންފުއްޏެއްގެ އެކައުންޓަތައް ފްރީޒް ކުރަން ޖެހިފައިވާ ކަމަށެވެ.

ވިލާ ކުންފުނީގެ އެކައުންޓް ފްރީޒް ކުރަން އަންގާފައިވާއިރު އެ އެކައުންޓްގައި ފައިސާއެއް ނެތެވެ. އެގްޒެކްޓިވް ޑިރެކްޓަރު ފިނޭންސް ޝިމާދު އިބްރާހިމް ވިދާޅުވީ އެކައުންޓްގައި ފައިސާ ނެތުމާއި އެކައުންޓް ފްރީޒް ކުުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ވިލާ ގްރޫޕުން ދައުލަތަށް ފައިސާ ދައްކަން ޖެހެނީ ތަރައްގީ ކުރަން އެ ކުންފުންޏާ ހަވާލުކުރި، ތ. އެލާ އާއި ގދ. ޖަޒީރާ އާއި ރ. މާނެންފުއްޓާއި ކައްދޫ ސިޓީ ހޮޓަލާއި ހަނިމާދޫ ސިޓީ ހޮޓާ މަޝްރޫއާ ގުޅިގެން ހަދާފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލު ކުރުމުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ އެވެ.