13 May 2015, 11:47
ޖަމާލުއްދީން ސްކޫލަށާއި އިސްކަންދަރު ސްކޫލްގެ ތެރެއަށް ބަޔަކު ވަދެ އެ ދެ ސްކޫލަށް ގެއްލުންތަކެއް ދިންމައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އިސްކަންދަރު ސްކޫލަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ބަޔަކު ވަދެ އެތަނުގެ ކްލާސް ރޫމްތަކަކަށް ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
އެގޮތުން ތިން ކްލާސް ރޫމެއްގެ ފަންކާތަކަށާއި ޕްރޮޖެކްޓަރުތަކަށް ވަނީ ގެއްލުންދީފައެވެ.
" ކްލާސް ރޫމްތެރެއަށް ސްޕްރޭޖަހައި ދަވާދު ހާކާފައި ހުރީ،" ފުލުހުން ބުންޏެވެ.
މީގެއިތުރުން ޖަމާލުއްދީން ސްކޫލްގެ ތެރެއަށް ބަޔަކު ރޭ ވަދެ އެތަނުގެ ކްލާހެއްގެ ފަންކާތަކަކަށް ވެސް ވަނީ ގެއްލުން ދީފައެވެ.
ޖަމާލުއްދީން ސްކޫލުން ބުނީ އެ ސްކޫލްގެ ކްލާހަކަށް ބަޔަކު ވަދެ ކްލާހުގައި ދަވާދު ހާކައި ޕްރޮޖެކްޓަރަށް ގެއްލުންދީފައިވާ ކަމަށެވެ.
ސްކޫލްތަކުން ވަނީ އެ މައްސަލަ ފުލުހުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ހުށަހަޅާފައެވެ.