ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ޓަގްބޯޓަކާއި ބާޖެއް ސަޕްލައިކޮށްދިނުމަށް ސްރީލަންކާގެ ކޮލަމްބޯ ޑޮކްޔާޑް ޕަބްލިކް ލިމިޓެޑާ އެކު އެސްޓީއޯ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. އަދި ކޮލަމްބޯ ޑޮކްޔާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރަނިލް ވިޖޭގުނަވަރުދަނާ އެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ގެނެވޭ ވެސެލްތަކުގެ ސަބަބުން އެސްޓީއޯގެ ވިޔަފާރީގެ އޮޕަރޭޝަންތަކަށް ހަލުވިކަން އައިސް ވިޔަފާރިއަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

ކޮލަމްބޯ ޑޮކްޔާޑްގެ މެނޭޖިން ޑިރެކްޓަރު ވިޖޭގުނަވަރުދާނާ ވިދާޅުވީ އެއްބަސްވުމުގެ ޝެޑިއުލާ އެއްގޮތަށް ވެސެލްތައް އެސްޓީއޯއަށް ފޯރުކޮށްދިނުމަށް އެ ފަރާތުން އެންމެހައި ތައްޔާރީތައް ވެފައިވާކަމަށެވެ.

އެގޮތުން އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ވެސެލްތައް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް އޭނާ ވިދާޅުވި އެވެ.