13 May 2015, 00:55
އަމީރު އަހްމަދު ޕްރީ ސްކޫލް ކައިރީ ޕާކްކޮށްފައި އޮތް ޕްރައިވެޓް ޖިޕެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަމީރު އަހްމަދު ޕްރީ ސްކޫލް ކައިރީ ޕާކްކޮށްފައި އޮތް ޖިޕެއްގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 12:16 އެހާކަންހާއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެމްއެންޑީއެފްގެ ފަޔާއެންޑް ރެސްކިއު ސާވިސް އާއި ފުލުހުން ގުޅިގެން ޖިޕުގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަމީރު އަހްމަދު ޕްރީސްކޫލް ކައިރީ ޕާކްކޮށްފައި އޮތް ޖިޕެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމުގައި ސިފައިން ހަރަކާތްތެރިވަނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"އަލިފާން ރޯކޮށްލީ ކަމަށް ދަންނަވަން އަދި ދަތި. އެ މައްސަލައިގެ ތަހުގީގު ކުރުމުން އެކަން އެނގޭނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރޯވެފައި ވަނީ އެ ޖިޕްގެ ކުރީކޮޅު އިޖީނު ބައިގަ އެވެ. އެ ހާދިސާގައި އެޖިޕަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އަލިފާންގަނޑު މުޅި ވެހިކަލަށް ފެތުރުމުގެ ކުރިން ވަނީ ނިންވާލާފައެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.