13 May 2015, 09:49
ތިމަންނާއަކީ ކްރިސްޓިއަނެކޭ ބުނާ މީހުންގެ ނިސްބަތް ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި އެމެރިކާގައި ގާތްގަނޑަކަށް އަށް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޕިވް ރިސާޗު ސެންޓަރާ ހަވާލާދީ ބީބީސީ އިން އިއްޔެ ބުނީ 2007 ވަނަ އަހަރު ކްރިސްޓަނުން ކަމަށް ބުނީ 78 ޕަސެންޓް މީހުން ކަމަށާއި އެ އަދަދު 2014 ވަނަ އަހަރު ބެލި އިރު 71 ޕަސެންޓަށް ވެއްޓިފައިވާ ކަމަށެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހުންގެ އަދަދު 16 ޕަސެންޓުން 23 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވެސް ބީބީސީ އިން ބުންޏެވެ.
އެމެރިކާގައި 56 މިލިއަން މީހުން އެއްވެސް ދީނެއް ތަޖުރިބާކޮށްފައެއް ނުވެ އެވެ.
އެ ސާވޭކޮށްފައި ވަނީ 35،000 މީހުންނާ އިންޓަވިއު ކުރުމަށް ފަހު އެވެ. އަދި އެއީ 2007 ވަނަ އަހަރު ވެސް އިންޓަވިއު ކުރި އަދަދެވެ.