އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ ކުރިމަތީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ސައިކަލަކާ ކާރެއް ޖެހި ކަމަށެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 9:25 އެހާކަންހައިރު ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މިރޭގެ އެކްސިޑެންޓުގައި ޒަޚަމްވި ޒުވާނަކަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާއަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިނުވާ ކަމަށެވެ.

"އެ ޒުވާނާއަށް ފަރުވާދެމުން ދަނީ. ނަމަވެސް ސީރިއަސް ޒަޚަމްތަކެއް ލިބިފައެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓުތަކުގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ބައެއް މީހުން ވަނީ ނިޔާވެފަ އެވެ.