12 May 2015, 17:58
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މުވައްޒަފުން ކުޑަކުދިންގެ ހިޔާއަށް ތަކެތި ހަދިޔާކޮށްފި އެވެ.
އެ ކޮމިޝަނުން ބުނީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސީއެސްސީގެ މުވައްޒަފުން ހަދިޔާކޮށްފައި ވަނީ އެތަނުގައި އުޅޭ ހުރިހާ އުމުރެއްގެ ކުޑަކުދިންނަށް ބޭނުންވާނެ އަންނައުނު ކަމަށެވެ.
އެތަކެތި ހަދިޔާކޮށްފައި ވަނީ މިއަދު މެންދުރު ސީއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ކުޑަކުދިންގެ ހިޔާގެ ފަރާތުން އެތަކެއްޗާއި ހަވާލުވީ އެތަނުގެ ސީއީއޯ ޒީނާޒް އަދުނާން އެވެ.
ސީއެސްސީން ބުނީ އެކަމަކީ ސީއެސްސީގެ މުވައްޒަފުން އާންމު އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމުގެ ގޮތުން އެ އިދާރާގެ މުވައްޒަފުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.